- Advertisement -ad image

މުސްލިމުން ރަމަޟާން މަހާ އިސްތިޤްބާލުކުރަން ޖެހޭނީ އުފަލާއި، ހިނިތުންވުމާ އެކުގައި: ހުތުބާ

ad image

ގުޅުންހުރި ލިޔުންތައް


މުސްލިމުން ރަމަޟާން މަހާ އިސްތިޤްބާލުކުރަން ޖެހޭނީ އުފަލާއި، ހިނިތުންވުމާ އެކުގާ ކަމަށާއި އެއީ ކިޔަމަންތެރިވުމުގެ މޫސުންކަމުގައި ވާތީ ކަމަށް ހުތުބާގައި ބުނެފިއެވެ.
މިއަދުގެ ހުތުބާގެ މައުޟޫއަކީ “ ރަމަޟާންމަހަށް އިސްތިޤްބާލުކުރުން “ މިއެވެ.
ހުތުބާގައި ވަނީ ތެދުވެރި ތައުބާއަކުން ތައުބާވެ، ރަމަޟާން މަހާ އިސްތިޤްބާލު ކުރުމަށް ގޮވާލާފައެވެ. އަދި ރޯދައިގެ އަޅުކަން ފުރިހަމަ ގޮތުގައި އަދާކުރުމަށްޓަކައި އެކަމާ ގުޅޭ މަޢުލޫމާތު އުނގެނި ދަސްކުރަން ހުތުބާގައި ވަނީ ބާރުއަޅައިފައެވެ.
ރޯދައިގެ އަދަބުތަކާއި ސުންނަތްތަކަކީ ކޮބައިކަމާއި ރޯދަގެއްލޭ ކަންތައްތަކާއި ރޯދައިގެ ޘަވާބު އުނިކުރާ ކަންތައްތައް ދެނެގަންނަން ހުތުބާގއި ބުނެފައިވެއެވެ. “ ތަރާވީޙު ނަމާދާއި، އިޢުތިކާފަށްއިނުމާއި، ޤުރްއާން ކިޔެވުން ގިނަކުރުމާއި، ޞަދަޤާތް ކުރުން އިތުރުކުރުމާއި، ފިޠުރު ޒަކާތް ދިނުން ފަދަ ރަމަޟާން މަހާ ގުޅިފައިވާ އަޅުކަންތައް ކުރުމުގައި ހީވާގިވާށެވެ “ ހުތުބާ
އިރު އޮއްސުމުން ރޯދަ ވީއްލުން އަވަސްކުރުމަށް، ކީރިތި ރަސޫލާ އިރުޝާދު ދެއްވައި، ޙަދީޘް ކުރައްވާފައި ވެއެވެ.
“ އިރު އޮއްސުމުން ރޯދަވީއްލުން އަވަސްކުރާހައި ހިނދަކު މީސްތަކުން ހެޔޮކަންމަތީ ފިލައިނުދާނެތެވެ.” އަދި ރޯދައިގެ ސުންނަތްތަކުގެ ތެރޭގައި ކަދުރުން ރޯދަވީއްލުންވެސް ވެއެވެ. ނަމަވެސް އަހަރެމެންގެ ސުފުރާ މަތީގައި ކަދުރު ހުންނައިރު ވެސް އެހެން އެއްޗަކުން ރޯދަވީއްލާ ތަން މަދުން ނަމަވެސް ފެނެއެވެ. އަނަސުގެފާނުގެ އަރިހުން ރިވާވެގެން ވެއެވެ. ” ނަމާދުފުޅު ކުރެއްވުމުގެ ކުރިން ރޯދަފުޅު ވީއްލަވައެވެ. އެކަލޭގެފާނު ރޯދަފުޅު ވީއްލަވަނީ ކަދުރުންނެވެ. ކަދުރުކޮޅެއް ލިބިވަޑައިނުގެންފިނަމަ ފެންފޮދަކުންނެވެ.”
ރޯދަވެރިޔާ އަރާރުންވުމާއި، ދޮގުހެދުމާއި، ނެތިމޮށުމާއި، ދެބައޮޑުވުމާއި، އާޑަފުރައްސާރަ ކުރުންފަދަ އިސްލާމްދީން މަނާކުރާ ކަންތައްތަކުން ދޫ ރައްކައުތެރި ކުރުމަކީ ވާޖިބު ކަމެކެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ