ކޮންމެ ގޭބީސީއަކަށް ސަރުކާރުން ހަދިޔާކުރާ ހަނޑޫ އަދި ފުށް މާދަމާ ދޫކުރަން ފަށާނެކަމަށް ސިޓީ ކައުންސިލުން ބުނެފިއެވ
މި ރޯދަ މަހުން ފެށިގެން ކޮންމެ ގޭބިސީއަކަށް 10 ކިލޯގެ ހަނޑޫ އަދި 10 ކިލޯގެ ފުށް ބަސްތާއެއް ދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ.
މާލެ ސިޓީ ކައުންސިލުން ބުނިގޮތުގައި މުދާ ދޫކުރަން މިއަދުން ފެށިގެން 16 މާރިޗް 2024ގެ ނިޔަލަށް މާލޭ ގަލޮޅު ދަނޑު، މާލޭ ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާއި ބެހޭބައި، މާލޭ ސޯޝަލް ސެންޓަރ، ވިލިމާލޭ ބިއްރި މިސްކިތް ހޯލް، ހުޅުމާލޭ ފޭސް 1 ގެ އުމަރު ޒާހިރު ބިލްޑިން، ހުޅުމާލޭ ފޭސް 2 ގެ ހިޔާ ފްލެޓް ޓަވަރ 10 ޔޫތް ސެންޓަރުންނެވެ.
މާލޭ ސަރަހައްދުގައި މުދާ ދޫކުރަން ނިންމާފައިވާ ގަޑިތަކަކަކީ:
ހެނދުނު 10:00 އިން ހަވީރު 16:00 އަށް.
އަދި ރޭގަނޑު 20:30 އިން 23:00 އަށް
އަދި ރޯދަމަހު މުދާ ދޫކުރުމަށް ނިންމާފައިވާ ގަޑިތަކަކީ :
ހެނދުނު 9:30އިން މެނދުރު 13:00 އަށް،
ރޭގަނޑު 21:00އިން 23:30 އަށް
މުލަ ރޯދަ ދުވަސް އަދި ހުކުރު ދުވަހު މުދާ ބެހުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރިޔަށް ނުގެންދާނެކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
ހަދިޔާ ދޫކުރާނީ ދިވެހިންނަށް އެކަނި ކަމަށާއި، ދިޔާ ދޫކުރާނީ ކަރަންޓް މީޓަރުގެ ނަންބަރ އަށް ބެލުމަށްފަހު ކަމަށް ސިޓީ ކައުންސިލުން ވަނީ ބުނެފައެވެ.
އަދި ހަނޑުލާއި ފުށް ބަލާ ދާއިރު ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ އައިޑީ ކާޑް ،ނުވަތަ ލައިސަންސް ނުވަތަ ޕާސްޕޯޓް ގެންދިއުމަށް ސިޓީ ކައުންސިލުން ވަނީ ހަނދާންކޮށްދީފައެވެ.