- Advertisement -ad image

އައްޑޫގައި ހަށިވިއްކުމުގެ ވިޔަފާރި ކުރި ބަޔަކު ހައްޔަރުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

އައްޑޫސިޓީގައި ހަށިވިއްކުމުގެ ވިޔަފާރި ކުރި ބަޔަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ އައްޑޫގައި ހަށިވިއްކުމުގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާޗް 7 ވަނަ ދުވަހު ހިތަދޫއާއި މަރަދޫގައި އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

އެގޮތުން ހިތަދޫގައި ހިންގި އޮޕަރޭޝަންގައި ގެއެއް ބަލާ ފާސްކޮށް ދިވެހި 2 ފިރިހެނުންނާއި ތައިލެންޑް 3 އަންހެނަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ. އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން އެންމެންވެސް 14 ދުވަހަށް ބަންދު ކުރުމަށް އަމުރުކޮށްފައިވެއެވެ.

މީގެއިތުރުން މަރަދޫގައި ހިންގި އޮޕަރޭޝަންގައި ސްޕާއެއްގެ ގޮތުގައި ހިންގަމުންދިޔަ ތަނެއް ބަލާފާސްކޮށް ދިވެހި ފިރިހެނަކާއި އިންޑިއާ ފިރިހެނެއްގެ އިތުރުން މިޔަންމާ ފިރިހެނެއް އަދި ތައިލެންޑް 2 އަންހެނުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

މި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މަރަދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން ތައިލެންޑް ދެ އަންހެނުންނާއި ދިވެހި ފިރިހެން މީހާ އަދި މިޔަންމާ ފިރިހެން މީހާގެ ބަންދަށް 10 ދުވަސް ދީފައިވާ ކަމަށެވެ. އަދި އިންޑިއާގެ ފިރިހެން މީހާގެ ބަންދަށް 4 ދުވަސް ދީފައިވާ ކަމަށެވެ.

ފުލުހުން ބުނެފައިވަނީ މި މައްސަލަތައް އެ އިދާރާއިން ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ