Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
- Advertisement -ad image

7 އާބަން ސެންޓަރުގެ ތެރެއިން އެއް ސެންޓަރު ނައިފަރުގައިވެސް ހުންނާނެ: ރައީސް

ad image

ގުޅުންހުރި ލިޔުންތައް


ނައިފަރަކީ މި ސަރުކާރުން ތަރައްޤީކުރުމަށް ނިންމަވާފައިވާ 7 އާބަން ސެންޓަރުގެ ތެރެއިން އެއް ސެންޓަރުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ފާދިއްޕޮޅު ނައިފަރުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނައިފަރުގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ތަރައްޤީއަށް އެންމެ މުހިންމީ ދެމެހެއްޓިނިވި ތަރައްޤީ ހާޞިލްވާގޮތަކަށް ކަންކަން ކުރުންކަމުގައެވެ. އެގޮތުން މި ސަރުކާރުގެ މާސްޓަރ ޕްލޭންއާ އެއްގޮތަށް 7 އާބަން ސެންޓަރު ޤާއިމުކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި ސެންޓަރުތަކުން ދެމެހެއްޓިނިވި ގޮތެއްގައި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެންމެ މަތީ ފެންވަރުގައި ހުރިހާ ދާއިރާތަކުން ޚިދުމަތްތައް ދެވޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އާބަންސެންޓަރުގައި ޞިއްޙީ ނިޒާމުގެ ތެރެއިން އެންމެ މުހިންމު ހުރިހާ ދާއިރާއަކުން ޚިދުމަތް ދެވެން ހުންނާނެކަމަށެވެ. އެގޮތުން އެކިކަހަލަ ތެރެޕީތައްވެސް ދެވޭނެކަމުގައި އެމަނިކުފާނު ފަހަގަކުރެއްވިއެވެ. އަދި ތަޢުލީމީ ނިޒާމުވެސް އެންމެ މަތީ ފެންވަރުގައި ޤާއިމުކުރައްވާނެކަމަށާއި، މަގުތައްވެސް އެންމެ ރަނގަޅަށް ހަދައި އަދި ދެންހުރި ކަންކަން ވެސް އެންމެ ރަނގަޅަށް ޤާއިމުކުރެވިފައި ހުންނާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ނައިފަރުގައި ބިން ބޮޑު ކުރުމުގެ މަޝްރޫޢެއް ފެށިފައި އޮތް ނަމަވެސް އެއީ ރައްޔިތުން އެދޭ މިންވަރަށް ހިނގާ މަޝްރޫޢަކަށް ނުވާކަމުގައި ފާހަގަކުރައްވައި، މިހާރު ފަށާފައިވާ ބިންހިއްކުމުގެ މަޝްރޫޢު ނިމޭ އިރު، ރައްޔިތުން އެދޭވަރަށް 45 ހެކްޓަރު ބިން ހިއްކައިދެއްވާނެކަމުގައި ވިދާޅުވެފައެވެ. އަދި އެކަމުން ރައްޔިތުންނަށް ލިބިގެންދާނެ ފައިދާތައް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ