ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އައިޝަތު މުޒުނާއަކީ އަންހެނުންނަށް އެ ދާއިރާގެ އެންމެ އުހަށް ދިއުމުގެ ފުރުސަތު އޮތްކަން ސާބިތުކޮށްދޭ ހެއްކެއްގެ އިތުރުން އައު ޖީލުތަކަށް އިންސްޕިރޭޝަންއެއް ކަމަށް ސްޓެލްކޯގެ އެމްޑީ ހުސެން ފަހުމީ ވިދާޅުވެއްޖެ އެވެ.
އަންހެނުންގެ ދުވަހާއި ގުޅުވައިގެން ދިން ބަސްދީގަތުމުގައި ފަހުމީ އެ ކުންފުނީގެ ސީނިއާ މެނޭޖްމަންޓްގެ 25 އިންސައްތައަކީ އަންހެނުންކަން ފާހަގަކުރައްވާފައެވެ.
މީގެއިތުރުން ފަހުމީ ވަނީ އެ ކުންފުނީގެ ފުރަތަމަ އަންހެން ޑީއެމްޑީ އަކީ މުޒުނާކަމަށް ވެސް ވިދާޅުވެފައެވެ.
މުޒުނާ ސްޓެލްކޯ އާއި ގުޅިވަޑައިގެންނެވީ ޓްރެއިނީ ކެރިއަރ ކަމަށް ވީނަމަވެސް، މުޒުނާ ގެންދަވަނީ 23 އަހަރަށް ވުރެ ގިނަ ދުވަހު ކުންފުނީގެ މަތީ މަޤާމުތައް ހުނަރާއި ޤާބިލިއްޔަތުކަމާއި، ހިތްވަރުން ކާމިޔާބަށް ވާސިލްވެވޭނެ ކަމުގެ އަގުހުރި މިސާލެއް ދަންކަވަމުން ކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.