މާދަމާ، މީލާދީ ސަނަތުން 2024 ވަނަ އަހަރުގެ މިހިނގާ މާރިޗު މަހުގެ 11 ވާ ހޯމަ ދުވަހަކީ، ހިޖުރީ ސަނަތުން 1445 ވަނަ އަހަރުގެ ރަމަޟާންމަހުގެ 01 ވަނަ ދުވަސް ކަމުގައި އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ކަނޑައަޅައިފިއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި މިރޭ ބޭއްވި ހަނދު ސާބިތުކުރުމުގެ ޖަލްސާގައި މާދަމާއަކީ ރަމަޟާންމަހުގެ ފުރަތަމަ ދުވަސްކަމުގައި ކަނޑައެޅީ، ހިޖްރީ ސަނަތުން 1445 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 29، (މީލާދީ ސަނަތުން 2024 ވަނަ އަހަރުގެ މާރިޗު މަހުގެ 10) ވީ އާދީއްތަ ދުވަހުގެ އިރު އޮއްސޭއިރު، ދިވެހިރާއްޖެއަށާއި އިސްލާމީ ގިނަ ޤައުމަތަކަށް ވެސް 1445 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަނދު ފެންމަތިވެފައި ހުންނާނޭކަމަށް، އިތުބާރުހުރި، ފަލަކީ ހިސާބުން ކަށަވަރުވާތީއާއި، ރަމަޟާންމަހާއި، ޝައްވާލު މަހުގެ ހަނދު ސާބިތުކުރުމަށް، ދިވެހިރާއްޖޭގައި ޢަމަލުކުރުމަށް ހަމަޖެހިފައިވާ އުޞޫލުގައި ވާގޮތުގެ މަތިންނެވެ.