- Advertisement -ad image

ހިލޭ ހައްޖަށް ފޮނުވާ ފުރަތަމަ 50 މީހުން ހޮވައިފި

ad image

ގުޅުންހުރި ލިޔުންތައް


ފަގީރުންގެ ތެރެއިން 1000 މީހުން ޙައްޖަށް ފޮނުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންނެވި ވަޢުދުގެ ދަށުން މިއަހަރު ޙައްޖަށް ފޮނުވާ މީހުން ކަނޑައަޅައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވައުދުގެ ދަށުން 50 މީހުން މިއަހަރު ހައްޖަށް ގެންދިއުމަށް ވަނީ ނިންމާފައެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ފަގީރުންގެ ލިސްޓުގައި ހިމެނޭ މީހުންގެ ތެރެއިން ސަރުކާރުގެ ޙަރަދުގައި ޙައްޖަށް ގެންދާނެ 50 މީހުން ވަނީ ގުރުއަތުން ހޮވާފައެވެ. އަދި މީގެތެރެއިން އެއްވެސް މީހަކަށް ނުދެވޭ ފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ އެޖާގައަށް ގެންދާނެ އިތުރު 10 މީހަކު ރިސަރވްގެ ގޮތުގައި ވަނީ ގުރުއަތުން ހޮވާފައެވެ. މީގެ ތެރޭގައި ހިމެނެނީ ޢުމުރުން 50 އަހަރާއި 69 އަހަރާއި ދެމެދުގެ މީހުންކަމަށްވެސް އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއިން ހާމަކުރެއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، ސަރުކާރުގެ ހައްޖަށް ގެންދާނެ މީހުން ކަނޑައެޅުމަށް ފަގީރުންގެ ލިސްޓުގައި މިދިޔަ އަހަރު ތިބި މީހުންގެ ތެރެއިން ޝަރުޠު ހަމަވާ 982 މީހުންނާއި އިންޓަރވިއުކޮށްފައިވާކަމަށެވެ. އަދި އެމީހުންގެ ތެރޭގައި ޝަރުތު ހަމަވާ 667 މީހުން އެބަތިބިކަމަށްވެސް އެވުޒާރާއިން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ