- Advertisement -ad image

އިއްޔެ އެކަނިވެސް މާލޭގެ މަގުތަކުން 59.6 ޓަނުގެ ކުނި ނަގައިފި

ad image

ގުޅުންހުރި ލިޔުންތައް

10 މާރޗް 2024ވީ އާދީއްތަ ދުވަހު އެކަނިވެސް މާލޭގެ މަގުތަކުން 59.6 ޓަނުގެ ކުނި މާލެ ސިޓީ ކައުންސިލްގެ މުއައްޒިފުން ނަގާފައިވާކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

ރަމަޟާން މަހާއި ދިމާކޮށް މާލެ ސަރަހައްދުގައި ކޮންމެ އަހަރަކުވެސް ކުނީގެ ދަތިކަން ދިމާވެއެވެ. ހާއްސަކޮށް މާލޭގެ އެކި ސަރަހައްދުތަކުގައި މި ދުވަސްވަރު އާދަޔާ ހިލާފަށް ކުނި އިތުރުވެއެވެ.

މިކަމާއި ގުޅިގެން އާޒިމް ސޯޝަލް މީޑިޔާގަިއ ކުރެއްވި ޕޯސްޓެއްގައި ވަނީ މިދިޔަ 15 ދުވަސްތެރޭ 200 ޓަނުގެ ކުނި މާލެ ތެރެއިން ނަގާފައިވާކަމަށް ވިދާޅުވެފައެވެ. އަދި އެއީ ގާތްގަނޑަކަށް މިއީ 25 ފޫޓުގެ 8 ކޮނޓޭނަރުގެ ކުނިކަމަށް އާޒިމް ވަނީ ވިދާޅުވެފައެވެ.

އާޒިމްވަނީ މަގުމައްޗަކީ ކުނި އަޅާ ތަނަކަށް ނުހެދުމަށާއި، ދިރި އުޅޭ ގެދޮރާއި ތިމާގެ ވެށި ސާފުކޮށް ބޭއްވުމަކީ އެންމެނަށް ހިތްފަސޭހަ ކަމަަށް ވެގެން ދާނެކަމެއް ކަމަށް ވިދާޅުވެފައެވެ.

މާލެ އާއި ހުޅުމާލޭގެ ގޭގެއިން މަގުތަކަށް ބޮޑެތި ކުނި އުކަމުންދާ މައްސަލަ ހައްލުކުރުމުގެ ގޮތުން ވެމްކޯއިން ވެސް ވަނީ ތިން ދުވަހަށް އާންމުންނަށް ހިލޭ ކުނި އުކާލަދިނުމުގެ އިންތިޒާމު ހަމަޖއްސާފަ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ