- Advertisement -ad image

155 އަށްވުރެ ގިނަ ވަޢުދުގެ މަސައްކަތްތައް ވަނީ ހާސިލްކޮށްފައި: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

ހަފްތާ 14ގައި ހިމެނޭ ވައުދުތަކުގެ ތެރެއިން 155 އަށްވުރެ ގިނަ ވަޢުދުގެ މަސައްކަތްތައް ހާސިލްކުރެވިފައިވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

“ރައީސްގެ ޖަވާބު” ޕްރޮގްރާމްގައި ރައްޔިތަކު ވަނީ ވަޢުދުތައް ފުއްދަވަމުން ގެންދަވާ މިންވަރާމެދު ރައީސް އާ ސުވާލުކޮށްފަ އެވެ. 

މި ސުވާލަށް ޖަވާބުދެއްވަމުން ރައީސް ވަނީ އެންމެ ފުރަތަމަ އިސްކަމެއް ދެއްވީ ސަރުކާރުގެ ހަފްތާ 14ގެ ވަޢުދުތައް ފުއްދެވުމަށްކަމަށެވެ. އެގޮތުން ހަފްތާ 14ގައި 161 ވަޢުދު ހިމެނެއެވެ. އޭގެތެރެއިން 155 އަށްވުރެ ގިނަ ވަޢުދުގެ މަސައްކަތްތައް ހާސިލްކުރެވިފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

“ހަފްތާ 14ގައި 161 ވަޢުދު ހިމެނޭ. ދެތިންކަމެއް ނުނިމިވަނީ. 155އަށްވުރެ ގިނަ ވަޢުދުގެ މަސައްކަތްތައް ވަނީ ހާސިލްކޮށްފައި. މީގެއިތުރުން ކުރިމަގަށް ކުރަންހުރި ގިނަ ކަންކަން އެބަހުރި. ކުރިއަށް އޮތް އަހަރަށް އަދި އަހަރުތަކަށް ކުރަންޖެހޭ މަސައްކަތް އެބަ ހިނގާ. އަދި ރަށްރަށަށް ކުރި ދަތުރުގައި ރައްޔިތުން އެދުނު ކަންކަން މިނިސްޓްރީތަކުންނާއި ކުންފުނިތަކުން ވަރަށް ބާރަށް އެބަ ކުރިއަށްގެންދޭ.” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހަފްތާ 14ގެ މަސައްކަތްތަކުގެ ތެރޭގައި، ސަރުކާރުން ކުރިމަގުގައި ހިންގާނެ ބޮޑެތި މަޝްރޫޢުތަކަށް މަގުފަހިވާ ވަޢުދުތައްވެސް ފުއްދާފައިވާކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ރައީސް ވަނީ މިހާރު ފަށްޓަވާފައިވާ މަސައްކަތްތަކުގައި، ސަރުކާރުން ދުރު ރާސްތާއަށް ރާއްވަވާފައިވާ ކަންކަންވެސް ފެށިފައިވާކަމަށް ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ