- Advertisement -ad image

ނަޖިސް ހަރުލާ ތޮށިގަނޑު ހަޑިވެފައި ހުންނަ ބިސް ނުގަތުމަށް އެމްއެފްޑީއޭއިން އިލްތިމާސްކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ކުކުޅު ބިސް ވިއްކުމާއި ބޭނުންކުރުމުގައި ރައްކާތެރިވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އެމްއެފްޑީއޭއިން އިލްތިމާސްކޮށްފި އެވެ.

އެމްއެފްޑީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ ކުކުޅު ބިސް ވިއްކުމާއި، ގެންގުޅުމާއި، ރައްކާކުރުމުގައި އަމަލުކުރާ ގޮތުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަން ގެއްލުމުގެ ފުރުސަތު ބޮޑުވާ ކަމަށެވެ. އެހެންކަމުން ބިސް ވިއްކުމާއި ގެންގުޅުމުގައި އަދި ރައްކާކުރުމުގައި ޚާއްސަ ސަމާލުކަން ދިނުމަށް އެ އޮތޯރިތީން ވަނީ އިލްތިމާސް ކޮށްފައެވެ.

ރަމަޟާން މަހާއި ދިމާކޮށް ކުކުޅު ބިސް ބޭނުންކުރާ މިންވަރު އިތުރުވެފައިވާއިރު، ބިސް ގެންގުޅުމުގައި ސަމާލުވުމަށް އެމްއެފްޑީއޭ އިން އިސްތިމާސްކޮށްފައިވާ ކަންކަމުގެ ތެރޭގައި:

ނަޖިސް ހަރުލާފައި ހުންނާ ބިހާއި ތޮށި ހަޑިވެފައި ހުންނަ ބިސް ނުގަތުން.
ފިނިކޮށް ބަހަށްޓާފައި ހުންނަ ބިސް ގަތުމަށް އިސްކަން ދިނުން.
ބިހުގެ މުއްދަތު ހަމަވާ ތާރީހު ބެލުމާއި މުއްދަތު ހަމަވެފައި ހުންނަ ބިސް ބޭނުން ނުކުރުން
ރެނދުލާފައި ހުންނަ ބިސް ނުގަތުން
ބޭނުންވާ މިންވަރަށްވުރެ އިތުރަށް ބިސް ގަނެ ރައްކާ ނުކުރުން
ދޮވެގެން ބިސް ބޭނުން ނުކުރުން
އައިސް އަލަމާރީގައި ބިސް ބަހައްޓާނަމަ، އެހެން ކާބޯތަކެތި ތަޣައްޔަރު ނުވާނެހެން ބިސް ރައްކާކުރުން.
ރޯނުފިލުވައި ހުންނަ ބިސް ބޭނުން ކޮށްގެން ތައްޔާރުކުރާ ކާބޯތަކެތި ބަހައްޓަންޖެހޭ ފިނިހޫނުމިނުގައި ބެހެއްޓުމާއި،އެގޮތަށް ބޭނުންކުރާ ބިސް އައިސް އަލަމާރިން ބޭރުގައި 02 ގަޑިއިރަށްވުރެ އިތުރަށް ނުބެހެއްޓުން.

ކުކުޅު ބިސް ގެންގުޅުމާއި ބޭނުންކުރުމުގައި ޚާއްސަ ސަމާލުކަމެއް ދިނުމަށް އެއޮތޯރިޓީން އިލްތިމާސްކޮށްފައިވާއިރު، ކެއިންބުއިމުގެ ބާވަތްތައް ތައްޔާރުކުރުމަށް އާންމުކޮށް ބިސް ބޭނުންކުރާ މިންވަރަށްވުރެ އެތައް ގުނައެއް އިތުރަށް ރަމަޟާންމަހު ބިސްބޭނުންކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ