- Advertisement -ad image

10000އަށްވުރެ ގިނަ މީހުން ވޯޓްލާން ރީ-ރަޖިސްޓްރީކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ވޯޓުލުމަށް 10000 އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓްރީ ކޮށްފައިވާކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކޮށްފިއެވެ.

އިންތިޚާބުތަކާ ބެހޭ އާއްމު ޤާނޫނަށް ގެނައި ބަދަލާ ގުޅިގެން ކުރިން މިމަހުގެ 17ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައި އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ބާއްވާ ތާރީޚް އަންނަ މަހުގެ 10ވަނަ ދުވަހަށް ފަސްކޮށް އިލެކްޝަން ކޮމިޝަނުން ވަނީ ރީ-ރަޖިސްޓްރީވުމަށް އިތުރު 6 ދުވަހުގެ މުއްދަތެއް ދީފައެވެ. މި މުއްދަތު ހަމަވީ ހޮނިހިރު ދުވަހުގެ 15:00އަށެވެ.

މުއްދަތު ހަމަވިއިރު ޖުމްލަ 11169 ފޯމު، ރީ-ރަޖިސްޓްރީވުމަށް ހުށައެޅިކަމަށް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ. ނަމަވެސް އެކި މައްސަލަތައް ފޯމުގައި ހުރުމުގެ ސަބަބުން 1141 ފޯމު ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ. މައްސަލަތައް ހުރި ފޯމުތަކުގެ ވެރިފަރާތަށް އެކަން އަންގައި ރީ-ރަޖިސްޓްރީވުމުގެ މުއްދަތުގައި ތެރޭގައި މަޢުލޫމާތު ރަނގަޅުކޮށް ފޯމް ހުށަހެޅުމުގެ ފުރުސަތު އެފަރާތްތަތަކަށް އިލެކްޝަންސް ކޮމިޝަނުން ދިނެވެ.

އިކެލްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ މަޢުލޫމާތަށް ބަލާއިރު، މަޖިލިސް އިންތިޚާބުގައި ވޯޓުލުމަށް ޖުމްލަ 10028 މީހުން ރީ-ރަޖިސްޓްރީކޮށްފައިވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ