- Advertisement -ad image

ރަސްދޫގައި ސްޓެލްކޯގެ ހިދުމަތް އިތުރަށް ފުޅާކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން މަޝްވަރާކޮށްފި

ad image

ގުޅުންހުރި ލިޔުންތައް


އއ ރަސްދޫގައި މަސައްކަތް ކުރާ ސްޓެލްކޯގެ މުވައްޒަފުންނާއި، ބައްދަލު ކުރައްވާ ހިދުމަތް އިތުރަށް ފުޅާކުރެވޭނެ ގޮތްތަކާއި ގުަޅޭގޮތުން މަޝްވަރާކޮށްފިއެވެ.
ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރާއި ކުންފުނީގެ ބައެއް އިސްވެރިން މިއަދު ވަނީ އއ. ރަސްދޫއަށް ވަޑައިގެން ރަސްދޫގައި ސްޓެލްކޯއިން ދެމުންގެންދާ ޚިދުމަތްތަކާއި ގުޅޭގޮތުން މައުލޫމާތު ހޯއްދަވާފައެވެ.
އެގޮތުން ރަސްދޫގައި އެކުންފުނިން ދެމުންގެންދާ ޚިދުމަތްތަކާއި ގުޅޭގޮތުންނާއި، ދެ ފަރާތް ގުޅިގެން ރަސްދޫގެ ތަރައްޤީއަށް ކޮށްދެވިދާނެ ކަންކަމާއި ގުޅޭ ގޮތުން، ރަސްދޫ ކައުންސިލާއި، އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީއާއި ބައްދަލު ކުރައްވާ މަޝްވަރާކުރައްވާފައިވެއެވެ.
އަދި ރަސްދޫގައި މަސައްކަތް ކުރާ ސްޓެލްކޯގެ މުވައްޒަފުންނާއި، ބައްދަލު ކުރައްވާ ޚިދުމަތް ދިނުމުގައި ދިމާވާ ދަތިތަކާއި، ޚިދުމަތް އިތުރަށް ފުރިހަމަ ކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާކުރެއްވުމުގެ އިތުރުން ރަސްދޫ އިންޖީނުގެއާއި، ފެންޕްލާންޓް މެނޭޖިންގ ޑިރެކްޓަރ ވަނީ ބައްލަވާލައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ