- Advertisement -ad image

މެއި މަހު އީ-ވޮލެޓުގެ ޚިދުމަތް ތައާރަފު ކުރުމަށް މަސައްކަތްކުރަނީ

ad image

ގުޅުންހުރި ލިޔުންތައް


އަންނަ މެއި މަހުގެ ތެރޭގައި އީ-ވޮލެޓުގެ ޚިދުމަތް ތައާރަފު ކުރެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ކޮންމެ ދުވަހަކު ކުރިއަށްގެންދާ “ރައީސްގެ ޖަވާބު” ޕްރޮގްރާމުގެ ތެރެއިންނެވެ.

މ. ނައިޓްލައިޓް، އިނާން ވަނީ އީ-ވޮލެޓްގެ ޚިދުމަތް ތައާރަފު ކުރާނެ ތާރީޚާ ގުޅޭގޮތުން ސުވާލުކޮށްފައެވެ. އެ ސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އީ-ވޮލެޓް ތައާރަފު ކުރުމާ ގުޅުންހުރި މަސައްކަތްތައް މިހާރު ކުރިއަށްދާ ކަމަށެވެ.

“އަޅުގަނޑުމެން މި އުންމީދު ކުރަނީ މެއި މަހުގެ ތެރޭގައި އެންމެ ލަސްވެގެން އީ-ވޮލެޓްގެ ހިދުމަތް ތައާރަފު ކުރެވިގެންދާނެ ކަމަށް،” ރައީސް ވިދާޅުވިއެވެ.

އީޖާދީ ޚިދުމަތްތައް ރާއްޖެއަށް ތައާރަފު ކުރުމުގެ ގޮތުން އީ-ވޮލެޓް ތައާރަފު ކުރުމަކީ މި ސަރުކާރުގެ އަމާޒެކެވެ. މި ވޮލެޓާއެކު ޕޭޕާލް ފަދަ ޚިދުމަތްތައް މެދުވެރިކޮށް ފައިސާގެ މުއާމަލާތްތަކަށް މަގުފަހިވެގެންދާނެއެވެ.

މި ޚިދުމަތާ ގުޅޭގޮތުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން މީގެ ކުރިން ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ ވިސްނުންފުޅަކީ އި-ވޮލެޓް ތައާރަފުކޮށް، ބޭރުގެ ފަރާތްތަކަށް ޚިދުމަތްތައް ވިއްކައި، އެއިން ލިބޭ މަންފާ ރައްޔިތުންނަށް ލިބޭ ގޮތް ހަދައިދެއްވުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ