- Advertisement -ad image

ޣައްޒާއަށް ހަމަލާދިނުން ވަގުތުން ހުއްޓާލުމަށް ފާސްކުރި ގަރާރު ފުރިހަމައަށް ތަންފީޒުކުރަން ރައީސް ގޮވާލައްވައިފި

ad image

ގުޅުންހުރި ލިޔުންތައް

ނިރުބަވެރި އިސްރާއީލުން ޣައްޒާއަށް ދެމުން އަންނަ ހަމަލާތައް ވަގުތުން ހުއްޓާލަން އދ ގެ ސަލާމަތީ މަޖިލީހުން ފާސްކުރި ގަރާރު ފުރިހަމައަށް ތަންފީޒުކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ގޮވާލައްވައިފި އެވެ.

މިއަދ “އެކްސް” ގައި އެ މަނިކުފާނުގެ އަމިއްލަ އެކައުންޓުން ކުރި މި ޕޯސްޓްގައި ރައީސް ވަނީ ރަމަޟާން މަހާ ދިމާކޮށް ފަލަސްތީނުގެ ޣައްޒާގައި ދެމުން ގެންދާ ހަމަލާތައް ވަގުތުން ހުއްޓާލަން ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހުން ރޭ ފާސްކުރި ގަރާރަކީ ދިގު އިންތިޒާރެއްގެ ނިމުންކަމަށް ވިދާޅުވެފައެވެ.

މީގެއިތުރުން ރައީސް ވަނީ ރޭ ފާސްކުރި ގަރާރު ފުރިހަމައަށް ތަންފީޒު ކުރުމަށް ގޮވާލައި، އެ ޤަރާރަށް ފުރިހަމައަށް ޢަމަލުކުރުމަށް އިސްރާއީލަށް ގޮވާލާފައެވެ.

އެ ގަރާރު ފާސްކުރީ އދ.ގެ ސަލާމަތީ މަޖިލީހުން އިއްޔެ ބޭއްވި ބައްދަލުވުމެއްގައެވެ. އެމެރިކާއިން ވޯޓުގައި ބައިވެރިނުވި ނަމަވެސް ސަލާމަތީ މަޖިލީހުގެ ބާކީ 15 ގައުމުން ވެސް ވޯޓު ދިނީ އެ ގަރާރު ފާސްކުރުމަށެވެ.

އިސްރާއީލު ސިފައިންގެ މުޞީބާތްތަކާއި މެދުކެނޑުމެއްނެތި ދެމުންދާ ޙަމަލާތަކުގައިވެސް ރަމަޟާން މަހުގެ ޙަޤީޤީ ރޫޙަށް ބަދަލެއް އައުމެއް ނެތި  ޣައްޒާއިން ކުރަމުންދާ މަސައްކަތަށް މި ޤަރާރުގެ ސަބަބުން ލުޔެއް ލިބިގެންދާނެކަމަށް އުއްމީދުކުރައްވާކަަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން ދާއިމީ ގޮތެއްގައި ހަނގުރާމަ ހުއްޓާލުމަށްޓަކައި ބައިނަލްއަޤްވާމީ މުޖުތަމަޢުން މި ބާރު ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި ރައީސް ވަނީ ސިފަކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ