- Advertisement -ad image

ހިޔާވަހި ފައިނޭންސް ސްކީމް ދޫކުރަން ތައްޔާރުވާން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް


ގެދޮރު އެޅުމަށް އިންޓްރެސްޓް ކުޑަ ލޯނު ދޫކުރުމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރާއާއި ހައުސިންގް ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އާއި ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މިއީ ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މި އެއްބަސްވުމުގައި ގެދެރުވެރިކަމާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދެވެ. އަދި އެޗް.ޑީ.އެފް.ސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުންޏާއި އަލަށް ހަވާލުވި މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޒީނާދެވެ.

ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ދޫކުރާ ލޯނު ސްކީމަށް ދީފައިވަނީ “ހިޔާވެހި ފައިނޭންސް ސްކީމް” މި ނަމެވެ. މި ސްކީމާގުޅޭގޮތުން މަޢުލޫމާތުދެއްވަމުން ގެދޮރުވެރިކަމާއި ބެހޭ ވަޒީރު ޑރ. ޙައިދަރު ވިދާޅުވީ ގެދޮރު އެޅުމަށް ލުއި ލޯނެއް ހަމަޖައްސަވައިދެއްވުމަކީ ރައީސް ޑރ. މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއް ކަމަށެވެ.

އެގޮތުން މި ލޯނުތައް ދޫކުރާނީ ދެ ކެޓަގަރީ އަކަށް ބަހާލައިގެން ކަމަށެވެ. އެއީ މާލެ ސަރަޙައްދާއި ރައީސް ކަނޑައަޅުއްވާ އާރބަން ސެންޓަރުތަކަށް ޚާއްސަ ލޯން ސްކީމަކާއި، އެނޫން ސަރަޙައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދޫކުރާ ލޯނެކެވެ.
“މިހާތަނަށް އެންމެ ބޮޑަށްވެސް ނެގޭން ކުރީ ސަރުކާރުތަކުން ނިންމާފައި އޮތީ 700،000ރ. އާއި ހަމައަށް، މިހާރު އަޅުގަނޑުމެން އެބައި އިތުރުކޮށްލީ 1 މިލިއަން ރުފިޔާއާއި ހަމައަށް. އިންޓްރެސްޓް ރޭޓް ކުރިން އެންމެ ދަށްވެގެންވެސް ދެމުން އައީ 6 އިންސައްތައިގައި. މިހާރު 5 އިންސައްތަ އާއި ހަމައަށް ދަށްކުރީ. ކުރިން އެންމެ ދިގުކޮށް ލޯން ދެއްކުމަށް ދޭ މުއްދަތަކީ 20 އަހަރު. މިހާރު އަޅުގަނޑުމެންގެ ލޯނު ނަގާ ފަރާތްތަކަށް 25 އަހަރަށް ދަންމާލަން ފުރުސަތު އޮންނާނެ. ” ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، އެންމެ ފުރަތަމަ ދޫކުރަން ފަށާނީ އަރބަން ސެންޓަރުތަކާއި މާލެ ސަރަޙައްދު ނޫން ސަރަޙައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދޫކުރާ ލޯނު ކަމަށެވެ. އަދި އަރބަން ސެންޓަރުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދޫކުރާ ލޯނުވެސް ވީހާ އަވަހަށް ކުރިމަތިލުމަށް ހުޅުވާލާނެ ކަމަށް ވިދާޅުވިއެވެ. މިގޮތުން ލޯނަށް އެދޭނީ ގެދޮރުވެރިކަމާއި ބެހޭ ވުޒާރާގެ ޕޯޓަލް މެދުވެރިކޮށް ކަމަށާއި، އެހައި ހިސާބުން އެ މައުލޫމާތު އެޗްޑީއެފްސީއަށް ފޯރުކޮށްދީގެން އެޗް.ޑީ.އެފް.ސީގެ ސްކްރީނިންގ ފުރިހަމަ ކުރާ ފަރާތްތަކަށް ލޯނު ދޫކުރެވިގެން ދާނެކަމަށް ސަރުކާރުން ހާމަކުރެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ