- Advertisement -ad image

އިތުރު ނުވަ އެއާޕޯޓެއް އަޅާނެ ރަށްތައް ރައީސްގެ ޤަރާރަކުން ކަނޑައަޅުއްވައިފި

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ އެތެރޭގައި ވައިގެ ދަތުރުފަތުރުގެ ހިދުމަތް ފުޅާކުރުމަށްޓަކައި އެއާޕޯޓް އަޅާނެ އިތުރު 9 ރަށެއް ކަނޑައަޅައިފި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުއްވި ގަރާރަކުން ކަނޑައަޅާއިވާ އެ ރަށްތަކަކީ ހއ. ދިއްދޫ، ށ. ދިގުވެލި، ށ. މިލަންދޫ، ވިހަފަރު، ރ. ފައިނު، އއ. މަތިވެރި، ފ. ނިލަންދޫ، ގއ. މާޅެންދޫ އަދި ތ. ގުރައިދު އެވެ.

މީގެ އިތުރުން ލ. އަތޮޅުގައި ކަނޑައަޅާ ރަށެއްގައި ވެސް އެއާޕޯޓެއް ހަދަން ރައީސްގެ ގަރާރުގައިވެ އެވެ.

ގަރާރުގައިބާ ގޮތުން މިހާރު މަސައްކަތްތައް ކުރިއަށްދާ އެއާޕޯޓްތަކުގެ ތެރޭގައި ހދ. މަކުނުދު އާއި ށ. ބިލެތްފައްސާއި ރ. އަލިފުއްޓާއި ބ. ތުޅާދު އާއި ތ. ވިލުފުއްޓާއި މ. މުލީ އެއާޕޯޓް ހިމެނެ އެވެ.

ގދ. ތިނަދު އާއި ގއ. ވިލިނގިލީގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހަދަން ހަތް މިލިއަން ޑޮލަރު، ލ. ގަމުގައި އައްސޭރި ޓޫރިޒަމް މަޝްރޫއު ހިންގަން ހަތް މިލިއަން ޑޮލަރު އަދި އައްޑޫގައި އައްސޭރި ޓޫރިޒަމް ހިންގަން 10 މިލިއަން ޑޮލަރު އިންވެސްޓް ކުރަން ވެސް ގަރާރުގައިވެ އެވެ.

މިއިން ކޮންމެ އެއަރޕޯޓެއް ތަރައްގީކުރުމަށް އެންމެ ދަށްވެގެން ހަރަދު ކުރަންޖެހޭ އަދަދުގެ ގޮތުގައި ރައީސް ނިންމަވާފައިވަނީ 5،000،000 ޔޫއެސް ޑޮލަރެވެ.

މީގެ އިތުރުން ރައީސް ވަނީ ތަރައްގީ ކުރަން ފަށާފައިވާ އެއަރޕޯޓުތަކާއި އެތަންތަން ތަރައްގީކުރުމަށް ހަރަދު ކުރެވޭނެ އެންމެ ދަށް އަދަދުވެސް ގަރާރުގައި ފާހަގަކުރައްވާފައެވެ. އެގޮތުން ހދ. މަކުނުދޫ، ރ. އަލިފުށި، މ. މުލި، ބ. ތުޅާދޫ، ށ. ބިލެތްފަހިގެ އިތުރުން ތ. ވިލުފުށީ އެއަރޕޯޓުގެ މަޝްރޫއު ނިންމުމަށް މަދުވެގެން 4،000،000 ޑޮލަރު ހަރަދު ކުރުމަށް ރައީސް ވަނީ ކަނޑައަޅުއްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ