- Advertisement -ad image

ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު އިގްތިސާދަށް ދިރުން ގެނެސްދޭނެ އެއްވެސް ކަމެއް ކުރިއަކަށް ނުދޭ: ރައީސް

ad image

ގުޅުންހުރި ލިޔުންތައް


ނޮވެމްބަރު 17 ގައި ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޖުމްލަކޮށް ޤައުމުގެ ހާލަތު އޮތީ ވަރަށް ނިމެތިކޮށްކަމަށާއި، އިޤްތިޞާދަށް ދިރުން ގެނެސްދޭނެ ކަންކަން ކުރިއަށް ނުދާކަމަށްވެސް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައެވެ.
ރައީސް ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ޤައުމުގެ އިޤްތިޞާދު އޮތީ އަނދަވަޅެއްގެ ތެރޭގައިކަމަށާއި، 120 ބިލިއަން ރުފިޔާގެ ދަރަނި އޮތްކަމަށެވެ. އޭގެ އިތުރުން ކުރީ ސަރުކާރުގައި ފައިސާ ޗާޕްކުރުމުގެ ސަބަބުން ދިވެހި ރުފިޔާގެ އަގުވެއްޓި، ޑޮލަރުގެ އަގު އިންތިހާއަށް އޮތީ އުފުލިފައިކަން ރައީސް ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް އިޤްތިޞާދު ހީނަރުވެ، ކުދި ވިޔަފާރިތައް އޮތީ ހުއްޓިފައިކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ސަރުކާރާ ޙަވާލުވެވަޑައިގެންނެވިއިރު ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ބައެއް ކުންފުނިތައް އޮތީ ބަނގުރޫޓުވެފައިކަމަށާއި، ރަނގަޅަށް ހިނގާ ކުންފުނިތަކުގެ ފައިދާވެސް ވަރަށް ބޮޑަށް ދަށަށް ގޮސްފައި އޮތްކަމަށެވެ. މީގެ އިތުރުން އިޤްތިޞާދު މިންކުރާ ކްރެޑިޓް ރޭޓިންގައިވެސް އޮތީ ވަރަށް ދަށުގައިކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ނިންމެވި އެންމެ މުހިންމު އެއް ނިންމެވުމަކީ ފައިސާ ޗާޕްކުރުން ހުއްޓާލުންކަމަށެވެ. އޭގެ ސަބަބުން ފައިސާގެ އަގު ހިފެހެއްޓިފައިވާކަމަށާއި، އިޤްތިޞާދުވެސް ރަނގަޅުވާން ފަށާފައިވާކަމަށެވެ. އަދިވެސް ކުރެވޭ އިތުރު ކަންކަމާއެކު ވަގުތު ބޭނުންވާނެކަމަށާއި، ނަތީޖާވެސް ފެންނަމުންދާކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މިހެން ވިދާޅުވެފައިވާއިރު، ކުރީ ސަރުކާރުގެ ތިން އަހަރު ތެރޭގައި ދައުލަތުން 8.2 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާކަން މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ވަނީ ހާމަވެފައެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައިވެސް ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތައް ހުއްޓިފައި އޮތްކަމަށް ވިދާޅުވެފައެވެ. އެކަން އެހެންވީ، ކުރީ ސަރުކާރުގައި މަޝްރޫޢުތައް ޙަވާލުކޮށް، އެ ކުންފުނިތަކަށް ފައިސާ ދީފައި ނުވުމުންކަމަށް ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ