ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ގެންދަވަނީ އެމްޑީޕީ އިން މި ޤައުމު ވައްޓާލި އަނދަވަޅުން ޤައުމު ނަގައި ހަމަމަގަށް އެޅުވުމަށް ރެޔާ ދުވާލު ބުރަ މަސައްކަތްޕުޅުތަކެއް ކުރައްވަމުން ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ނައިބުރައީސް ވިދާޅުވީ ހިކުމަތްތެރިކަމާއެކު ރައީސް ކުރައްވަމުން އެ ގެންދަވާ ބުރަ މަސައްކަތްޕުޅުގެ ފޮނި ނަތީޖާ ދިވެހި ރައްޔިތުންނަށް މިހާރުވެސް ދަނީ ފެންނަމުން ކަމަށެވެ.
އަދި ޕީޕީއެމް/ޕީއެންސީގެ މިވަގުތުގެ ލީޑަރަކީ ރައީސް ޑރ މުއިއްޒު ކަމަށާއި މި ދެ ޕާޓީގެ ލީޑަރޝިޕް އޮތީ އެމަނިކުފާނާއެކު، ރައްޔިތުން ބޭނުންވާ ތަރައްޤީ މި ޤައުމަށް ހޯދައިދިނުމަށް ފިސާރި ސާބިތުކަންމަތީގައި ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.