- Advertisement -ad image

ސިނަމާލެ ބްރިޖްގެ މެއިންޓަނަންސް މަސައްކަތްތައް ޗައިނާގެ ކުންފުނިން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް


ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް ނުވަތަ ސިނަމާލެ ބްރިޖުގެ މެއިންޓަނަންސް މަސައްކަތްތައް އެ މަޝްރޫޢު ކުރިއަށްގެންދިޔަ ޗައިނާގެ ކުންފުނިން ފަށައިފިއެވެ.

ސިނަމާލެ ބްރިޖުގެ މެއިންޓެނަންސް މަސައްކަތްތައް އެ މަޝްރޫޢު ކުރިއަށްގެންދިޔަ ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ، ސީ.ސީ.ސީ.ސީ ސެކަންޑް ހާބަރ އިންޖިނިއަރިން ކޮމްޕެނީއާއި ޙަވާލުކޮށް އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.

މި އެއްބަސްވުމުގެ ދަށުން ޗައިނާގެ ސީ.ސީ.ސީ.ސީ ކުންފުންޏާ ޙަވާލުކޮށްފައިވަނީ 3 އަހަރު ދުވަހުގެ މުއްދަތަށް ބްރިޖްގެ މަރާމާތާއި ބެލެހެއްޓުމާއި ގުޅޭ މަސައްކަތްތަކެވެ.

އެގޮތުން މިހާރުން މިހާރަށް ކުރިއަށް ގެންދަންޖެހޭ ބްރިޖް މަރާމާތާއި ގުޅޭ ފަންނީ މަސައްކަތްތަކާއި މެއިންޓަނަންސް އަދި ބްރިޖްގެ ޙާލަތާ ގުޅޭ ރެކޯޑްތައް ބެލެހެއްޓުމުގެ މަސައްކަތް ކުރިއަށްގެންދާނެކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކުރެއެވެ.
ސިނަމާލެ ބްރިޖުގެ މެއިންޓަނަންސް މަސައްކަތަށް ގާތްގަނޑަކަށް 3.6 މިލިއަން ޑޮލަރު ޚަރަދުވާއިރު، މިއީ ޗައިނާ ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދޭ ހިލޭ އެހީގެ ތެރެއިން ކުރިއަށްގެންދާ މަސައްކަތެކެވެ.

ބްރިޖްގެ މެއިންޓަނަންސް މަސައްކަތްކުރުމަށް ވެވުނު އެއްބަސްވުމުގެ ދަށުން ކޮންމެ މަހަކު ކުރިއަށްގެންދާ މެއިންޓަނަންސާއި، 6 މަހުން ކުރިއަށްގެންދާ މަސައްކަތް އަދި އަހަރަކު 1 ފަހަރު ކުރިއަށްގެންދާ މެއިންޓަނަންސް މަސައްކަތްތައް ހިމެނެއެވެ. އަދި މިކަމަށް ދިވެހިން ތަމްރީންކުރުންވެސް މި އެއްބަސްވުމުގައި ހިމެނެއެވެ.

ސިނަމާލެ ބްރިޖްގެ މަސައްކަތް ނިންމާ އާއްމުންނަށް ހުޅުވާލިފަހުން ފުރަތަމަ 2 އަހަރު މެއިންޓަނަންސްގެ މަސައްކަތްތައް ކުރިއަށްގެންދިޔަނަމަވެސް ފާއިތުވި 3 އަހަރު ބްރިޖުގެ މެއިންޓަނަންސްއަށް މާ ބޮޑު މަސައްކަތެއްކޮށްފައި ނުވާކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ