Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
Galabetslotsitesi
Galabetsondomain
vipparksitesigiris
vipparkcasinositesi
vipparkresmi
vipparkresmisite
vipparkgirhemen
Betjolly
- Advertisement -ad image

200 އަށްވުރެ ގިނަ ޤާނޫނު ފާސްކުރަން މަޖިލީހުގެ އެހީތެރިކަން ބޭނުންވޭ: ރައީސް

ad image

ގުޅުންހުރި ލިޔުންތައް


ސަރުކާރުގެ މެނިފެސްޓޯގައިވާ ހުރިހާ ވަޢުދުތައް ފުއްދެވުމަށް 200 އަށްވުރެ ގިނަ އިސްލާޙާއި އައު ބިލްތައް ހިމެނޭހެން ޤާނޫނުތައް ފާސްކުރަން މަޖިލީހުގެ އެހީތެރިކަން ބޭނުންވާކަމަށާއި، އެ ކަމަށް އެއްބާރުލުން ދޭނެ މަޖިލީހެއް މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ހިޔާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖޭގައި އޮތީ ބަދަލުހިފުމުގެ ރޫހެއް ކަމަށެވެ. އެ ރޫހު ނައްތާލައި ހަމަޖެހުން ޤާއިމުވެފައިވާ ޤައުމެއް ބައްޓަން ކުރެއްވުމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށާއި އެކަން ކުރެވޭނީ ރައްޔިތުންގެ އެއްބާރުލުމާއެކުގައި ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ހަމަޖެހުން ޤާއިމުކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާއިރު ވެސް އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކުން އެ ހަމަޖެހުން ޤާއިމުވާން ބޭނުންނުވާކަމުގެ އިހުސާސް ކުރެވޭ ކަމަށާއި އެފަދަ ބަޔަކާ މަޖިލިސް ހަވާލުކޮށްފިނަމަ ރާއްޖެ އަނެއްކާވެސް ދާނީ ބަދަލު ހިފުމުގެ ރޫހެއްގެ ތެރެއަށް ކަމަށެވެ.

ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމުގައި މަޖިލީހުގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސަރުކާރާ އެއް ވިސްނުމެއް ނެތް ބަޔަކު އިންތިޚާބުކޮށްގެން އެ ވައުދުތައް ފުއްދަން ދަތިވާނެ ކަމަށެވެ. އެގޮތުން، މިއަހަރުގެ ބަޖެޓު ފާސްކުރިއިރުވެސް އެމަނިކުފާނު ހިންގަން ބޭނުންވާ މަޝްރޫއުތަކަށް ހުށަހެޅުއްވި ބަޖެޓު އިދިކޮޅު މެޖޯރިޓީ އޮތް މަޖިލީހުން ބަދަލު ގެނެސް ފާސްކޮށްފައިވާ ކަމަށާއި 20 ވަނަ މަޖިލީހުގެ މެޖޯރިޓީ ވެސް އިދިކޮޅަށް ދީފިނަމަ އެފަދަ ކަންކަން ކުރިމަތިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވަނީ އަމިއްލަ މަސްލަހަތަށްވުރެ ޤައުމު އަދި ދަރިންގެ މުސްތަގުބަލަށް ވިސްނައިގެން ކުރިއަށް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވޯޓު ދިނުމަށް ރައްޔިތުންގެ ފަރާތުން އެދިވަޑައިގެންފައެވެ. އަދި އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ވައުދުފުޅުތައް ފުއްދެވުމަށް އެއްބާރުލުން ދޭނެ ކެންޑިޑޭޓުން މަޖިލީހަށް ހޮވުމަށް ވެސް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.ި

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ