Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
Galabetslotsitesi
Galabetsondomain
vipparksitesigiris
vipparkcasinositesi
vipparkresmi
vipparkresmisite
vipparkgirhemen
Betjolly
- Advertisement -ad image

މުޅިރާއްޖޭގައި މިހާރުވެސް 527 މަޝްރޫއު ކުރިއަށް އެބަގެންދަން: ރައީސް

ad image

ގުޅުންހުރި ލިޔުންތައް


އެކި ސަބަބުތަކާހުރެ ހުއްޓިފައިހުރި މަޝްރޫޢުތައް ހިމެނޭހެން 527 މަޝްރޫޢެއްގެ ޢަމަލީ މަސައްކަތް މިހާރުވެސް މުޅި ރާއްޖޭގެ އެކި ހިސާބުތަކުގައި ކުރިއަށްދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ވެރިކަންކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ހުޅުމާލޭ ދެވަނަ ފިޔަވަހީ ހިޔާ ފްލެޓްތައް ހިމެނޭ ސަރަހައްދުގައި ބޭއްވި ކެމްޕޭން ހަރަކާތެއްގައި ރައްޔިތުންނާއި މުޚާތަބުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.

މި ޖަލްސާގައި ރައީސް ޑރ. މުޢިއްޒު ވަނީ ކުރީ ސަރުކާރުން ފެށި ތަރައްޤީގެ މަޝްރޫޢުތައް މި ސަރުކާރުން ހުއްޓާލާފައިވާކަމަށްބުނެ އިދިކޮޅު ފަރާތްތަކުން ކުރާ ތުޙުމަތުތަކަށް ރައްދުދެއްވާ ވާހަކަފުޅުދައްކަވާފައެވެ. އަދި ޢުމްރާނީ ތަރައްޤީގެ ރޮނގުން އެކި ދާއިރާތަކުން ކުރަމުންދާ މަސައްކަތްތަކުގެ ތަފާސްހިސާބު ވަނީ ހިއްސާކުރައްވާފައެވެ.

ރައީސް ވިދާޅުވީ، މިދިޔަ ސަރުކާރު ނިމުނުއިރު ފެނާއި ނަރުދަމާގެ 27 މަޝްރޫޢަކާއި، ބަނދަރު ހެދުމާއި ބިން ހިއްކުމާއި ގޮނޑުދޮށް ޚިމާޔަތްކުރުމުގެ 30 މަޝްރޫޢަކާއި، މަގުހެދުމުގެ 17 މަޝްރޫޢެއް އޮތީ ހުއްޓިފައިކަމަށެވެ. އަދި ކުޅިވަރު ވަޞީލަތްތައް ބިނާކުރުމުގެ 84 މަޝްރޫޢަކާއި، ތަޢުލީމީ ދާއިރާއާގުޅުންހުރި 90 މަޝްރޫޢެއްގެ އިތުރުން މިސްކިތްތައް ބިނާކުރުމުގެ 20 މަޝްރޫޢަކާއި، އެއަރޕޯޓުތައް ތަރައްޤީކުރުމުގެ 7 މަޝްރޫޢެއް އަދި 11 ރަށެއްގެ ބޯހިޔާވަހިކަމުގެ 220 މަޝްރޫޢެއްގެ މަސައްކަތްވެސް އޮތީ ހުއްޓިފައިކަމަށެވެ.

“ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައިވެސް ފެނިފައިވާނެ މަސައްކަތްތައް ހުރީ ހުއްޓިފައިކަން. އެއީ މިދިޔަ ސަރުކާރުގެ ތެރޭގައި. އަޅުގަނޑުމެން އައިސް ސަބަބުތައް ބެލިއިރު ހުއްޓިފައިހުރީ އެ މަޝްރޫޢުތައް ހިންގި ފަރާތްތަކަށް ދޭންޖެހޭ ފައިސާ ނުދީގެންކަން އެހުރީ ހިސާބުތަކުން ފެންނަން. 9000 މިލިއަން ރުފިޔާގެ ފައިސާ އެކިއެކި ކުންފުނިތަކަށް ދޭން ހުރި މިދިޔަ ސަރުކާރު ނިމުނުއިރު. އެ ފައިސާތައް ނުދީ ހުރީމަ ރަށްރަށުގެ މަސައްކަތްތައް ހުއްޓިފައި ހުރީ. އަޅުގަނޑުމެން އައިސް އެފަރާތްތަކަށް ފައިސާ ދޭން ފަށައިގެން މަސައްކަތްތައް އެހުރީ ފެށިފައި.” ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި މަޝްރޫޢުތައް ހުއްޓެން މެދުވެރިވި ސަބަބުތަކުގެ މައްޗަށްވެސް ވަނީ އަލިއަޅުވާލައްވާފައެވެ.

އެގޮތުން ކުރީ ސަރުކާރުން މަޝްރޫޢުތައް އެވޯޑްކުރުމުގައި އެއްބަސްވުންތައް އެކުލަވާލުމުގައިވެސް ގޯސްތައް ހަދާފައިވާކަމަށާއި، ގިނަ މަޝްރޫޢުތަކަކީ މާބޮޑެތި ޕްލޭންތަކެއް ނެތި، ސިޔާސީ ބޭނުމަށް އެވޯޑްކޮށްފައި ހުރި މަޝްރޫޢުތަކެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ