- Advertisement -ad image

ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި އިރު ޤައުމު އޮތީ ބަނގުރޫޓުވެ، އިނދަޖެހުމާއި ގާތުގައިި: ފަހުމީ

ad image

ގުޅުންހުރި ލިޔުންތައް

ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންއިރު ޤައުމު އޮތީ އިޤުތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ބަނގުރޫޓުވެ، އިނދަޖެހުމާއި ގާތުގައި ކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.

“އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ފަހުމީ ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ އޮތް ފަރާތްތަކުގެ އަމިއްލަ އެދުމާއި ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ރައްޔިތުންގެ ލާބައަށް ކަންކަން ކުރުމަށް ހަދަންޖެހޭ ގާނޫނުތަކާއި، ގެންނަންޖެހޭ އެތައް އިސްލާޙެއްގައި އޮތީ މަރުތަޅު އަޅުވާފައި ކަމަށެވެ. 

“މަޖިލީހުގެ މެޖޯރިޓީ އޮތް ފަރާތްތަކުގެ އަމިއްލަ އެދުމާއި ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ރައްޔިތުންގެ ލާބައަށް ކަންކަން ކުރުމަށް ހަދަންޖެހޭ އެތައް ޤާނޫނަކާ ޤާނޫނުތަކަށް ގެންނަންޖެހޭ އެތައް އެތައް އިސްލާޙެއްގައި އޮތީ މަރުތަޅު އަޅުވާފައި. މި ހާލަތުން އަރައިގަތުމަށްޓަކައި ކުރަން އޮތް އެންމެ ބޮޑު ޤައުމީ މަސައްކަތަކީ ލޯނުތައް ރިސްޓަރަކްޗަރ ކުރުމާއި މާލީ ނިޒާމު އިސްލާހުކޮށް، ޤާނޫނީ އޮނިގަނޑު މެދުވެރިކޮށް ހެޔޮބަދަލުތައް ގެނައުން.” ފަހުމީ ވިދާޅުވެފައި ވެއެވެ.

މީގެއިތުރުން ރައްޔިތުންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދީ، މާލެއަށް ބަރޯސާނުވެ އަސާސީ ބޭސްފަރުވާކުރެވޭނެ ނިޒާމެއް ޤާއިމްކޮށްދިނުމާއި، އާމްދަނީ ހޯދޭނެ މަގުތައް ކޮށައި ދެވޭނީ މަޖިލީހުގެ ސުޕަރ މެޖޯރިޓީ އަގަކާނުލައި ހެޔޮ ހިތުން ސަރުކާރަށް ތާޢީދުކުރާ، ރައީސް ޑރ. މުޢިއްޒުގެ ދުވެލީގައި މަސައްކަތް ކުރާނެ ކެނޑިޑޭޓުންނަށް ދީގެންކަމަށްވެސް ފަހުމީ ވަނީ ވިދާޅުވެފައެވެ.

އަދި ޤައުމީ މަސްލަހަތު އިސްކޮށް، ސަރުކާރު ބާރުވެރިކޮށް، ޤައުމީ މަސައްކަތުގައި ހުރިހާ ދިވެހިން އެކުގައި އެއްބައިވަންތަކަމާއިއެކު ކުރިއަށް ދިއުމަށް ފަހުމީ ވަނީ ގޮވާލައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ