- Advertisement -ad image

ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން މަރާމާތުކޮށް އީދަށް ހުޅުވަނީ

ad image

ގުޅުންހުރި ލިޔުންތައް

ޖުމްހޫރީ މައިދާނުގައި ހުރި ފެންއަރުވާ ވަޑާން މަރާމާތުކޮށް ކުރިއަށް އޮތް ރަމަޟާން މަހު ހުޅުވަން މަސައްކަތް ކުރަމުން އަންނަ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި، އާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް “އެކްސް” ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޖުމްހޫރީ މައިދާނުގައި ހުރި ފެން އަރުވާ ވަޑާން މަރާމާތުކޮށް ކުރިއަށްވުރެ ފުރިހަމަކޮށް، ރޯދައަށް އާންމުކޮށް ހުޅުވާލުމަށް މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ.

ފެން އަރުވާ ވަޑަން މަރާމާތުކޮސް އަލުން ހުޅުވަން ނިންމެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެދިވަޑައިގަތުމަކަށް ކަމަށްވެސް އާދަމް ޝަރީފް ވަނީ ވިދާޅުވެފައެވެ.

މައުލޫމާތު ލިބޭ ގޮޮތުގައި އެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވަނީ އެމްޓީސީސީގެ ސީއެސްއާރްގެ ދަށުންނެވެ 

ޖުމުހޫރީ މައިދާނުގައި ފެންއަރުވާ ވަޑާމެއް ހަދަައި އެތަން ހުޅުވީ ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައެވެ. އެތަން ހަލާކުވެ ބޭނުންނުކޮށް ހުންނަތާ މިހާރު ވަރަށް ގިނަ ދުވަސް ވެއްޖެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ