- Advertisement -ad image

ފާއިތުވި ތިން ދުވަސްތެރޭ 16.69 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

ad image

ގުޅުންހުރި ލިޔުންތައް

ފާއިތުވި ތިން ދުވަސތެރޭ 16.69 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓަރު އަލީ އިހުސާން އަންގާރ ދުވަހުގެ ރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފުލުހުންނާއި ކަސްޓަމްސް ގުޅިގެން ތިން ދުވަހުގެ ތެރޭގައި ހިންގި އިންޓެލިޖެންސް ލެޑް ކައުންޓާ ނާކޮޓިކްސް އޮޕަރޭޝަންތަކުގައި 21.6 މިލިއަން ރުފިޔާގެ މަގުމަތީ އަގު ހުރި 16.69 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ.

އަދި ފުލުހުންނާއި ކަސްޓަމްސްގެ  މަސައްކަތަށް ފަހުރުވެރިވާ ކަމަށް އިހްސާން ވަނީ ވިދާޅުވެފައެވެ.

“ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ލީޑަޝިޕްގެ ދަށުން އަޅުގަނޑު މި އަޒުމް ކަނޑައަޅަނީ ޑްރަގުގެ ވަބާއިން ރާއްޖެ ސަލާމަތްކުރުމަށް. ފުލުހުންނާއި ކަސްޓަމްސްގެ މި މަސައްކަތަށް ފަހުރުވެރިވަން،” އޭނާ ވިދާޅުވި އެވެ.

119 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުމެއް މިއަދު މެންދުރު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ބެލެވޭ ގޮތުގައި މި އަތުލާގަތް މަސްތުވާތަކެތީގެ މައްސަލައާ ގުޅުން ހުރި އިތުރު މައުލޫމާތު މި ބައްދަލުވުމުގައި ހާމަކުރާނެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ