- Advertisement -ad image

ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި މިފަހަރުވެސް 4 މައިދާނެއްގައި

ad image

ގުޅުންހުރި ލިޔުންތައް


1445 ވަނަ އަހަރު މާލޭ ސަރަޙައްދުގައި ފިޠުރު ޢީދު ނަމާދު ބޮޑު ޖަމާޢަތުގައި 4 މައިދާނެއްގައި ކުރާގޮތަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ނިންމަވައިފިއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ބުނީ، އެހެން އަހަރުތަކެކޭވެސް އެއްފަދައިން މިއަހަރުވެސް މޫސުން ތަން ދޭނަމަ، މާލެ، ވިލިމާލެ އަދި ހުޅުމާލޭ ފޭސް އެކަކާއި ދޭއްގައި ބޮޑު ޖަމާޢަތުގައި ފިޠުރު ޢީދު ނަމާދުކުރުން އޮންނާނެކަމަށެވެ.

އެގޮތުން މާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުން އޮންނާނީ މާފަންނު ސްޓޭޑިއަމްގައެވެ. ވިލިމާލޭގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުން އޮންނާނީ ބޯޅަދަނޑުގައެވެ. ހުޅުމާލޭ ފޭސް 1 ގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރުން ސިންތެޓިކް ޓްރެކް ސަރަޙައްދުގައި އަދި ފޭސް 2 ގައި ކްރިކެޓް ސްޓޭޑިއަމް ސަރަޙައްދުގައި އޮންނާނެއެވެ.

މާލޭ ސަރަޙައްދުގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދުކުރަން ކަނޑައަޅާފައިވާ 4 މައިދާނުގެ އިތުރުން، މި ސަރަހައްދުގެ 22 މިސްކިތެއްގައިވެސް ޢީދު ނަމާދުކުރާގޮތަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ކަނޑައަޅުއްވާފައެވެ. މޫސުން ތަންނުދިނުމުގެ ސަބަބުން މައިދާންތަކުގައި ކުރަން ހަމަޖެހިފައިވާ ބޮޑު ޖަމާޢަތުގެ ޢީދު ނަމާދު ކެންސަލްކުރަން ޖެހިއްޖެނަމަ، މާލޭގައި ހުކުރު ކުރާ ހުރިހާ މިސްކިތެއްގައި ޢީދު ނަމާދުކުރާގޮތަށްވެސް އެ ވުޒާރާއިން ވަނީ ނިންމަވާފައެވެ.

އެހެން އަހަރުތަކާ ޚިލާފަށް ރާއްޖޭގައި ޢީދު ނަމާދުކުރަން ފަށާ ގަޑިއަށް މިއަހަރު ސަރުކާރުން ވަނީ ބަދަލުގެންނަވާފައެވެ. އެގޮތުން މީގެކުރިން އާއްމުކޮށް ހެނދުނު 7:30 ޢީދު ނަމާދުކުރަން ފެށިނަމަވެސް، އެ ގަޑި 7:00 މިހާރު ވަނީ އަވަސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ