- Advertisement -ad image

އަަޅުގަނޑު އެންމެ ބޮޑަށް ފަހުރުވެރިވާ ސިޔާސީ ބޭފުޅަކީ އަބްދުއްރަހީމް: ރައީސް

ad image

ގުޅުންހުރި ލިޔުންތައް


ސިޔާސީ ގޮތުން އެންމެ ފަހުރުވެރިވާ ބޭފުޅަކީ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް ކަމަށާއި އެންމެ މަތީ އިންސައްތަކުން މަޖިލިހަށް ހޮވޭ ބޭފުޅަކަށް ފޮނަދޫ ދާއިރާގެ ސަރުކާރު ކެންޑިޑޭޓު އަބްދުއްެރަހީމް ހައްދަވައި ދެއްވުމަށް ރައީސުލްޖުމުހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އެދިވަޑައިގެންފިއެވެ.
ރައީސް މުއިއްޒު މިގޮތަށް އެދިވަޑައިގެންނެވީ މާލޭގައި ބޭއްވި ފޮނަދޫ ދާއިރާގެ ކެމެޕެއިން ޖަގަހަ ހުޅުވުމުގެ ހަފުލާގައި ވާހަކަ ދައްކަވަމުންނެވެ.
އަބްދުއްރަހީމްއަށް ވަރަށް ބޮޑަށް ތައުރީފުކުރައްވާ ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ އަބްދުއްރަހީމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ކިބައިގާ ހުންނަންޖެހޭ ހުރިހާ ޝަރުތެއް ހަމަވާ އަދި އެއަށްވުރެ އިތުރަށްވެސް ރައްޔިތުންނަށް އޯގާތެރިކަމާއި އެކީގައި ހިދުމަތްކުރުމާއި އިހުލާސްތެރިވުމާއި މިހުރިހާ ކަމެއް އެކީގައި ފުރިހަމަވާ ބޭފުޅެއް ކަމަށެވެ.
“ އަޅުގަނޑުގެ ފުރިހަމަ އިތުބާރާ 100 ޕަރސެންޓް ތާއީދުއޮތް ހަމައެކަނި ބޭފުޅަކީ އެދާއިރާއަށް ކުރިމަތިލާފައިހުރި ކެންޑިޑޭޓު އަބްދުއްރަހީމް “ ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާަޅުވީ އެމްޑީޕީ މެންބަރުން ހިމެނޭގޮތުން މާމެންދޫ އަދި ފޮނަދޫ ރައްޔިތުންވެސް އެހެންދިމާއަކަށް ބަލާނެ ކަމެއް ނެތް ކަމަށާއި ދާއިރާގެ ތަރައްގީއަށް މިވަގުތު ކުރަން އޮތް ބޮޑު މަސައްކަތަކީ ސަރުކާރު ކެންޑިޑޭޓު ހޮވަން މަސައްކަތް ކުރުން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ