- Advertisement -ad image

ސައުދީއިން ހަދިޔާކުރި ކަދުރު ބެހުމުގެ މަސައްކަތް ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް

ސައުދީ ސަރުކާރުން ރާއްޖެ އަށް ހަދިޔާ ކޮށްފައިވާ ކަދުރު ބެހުމުގެ މަސައްކަތް އިސްލާމިކް މިނިސްޓްރީން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ދިވެހި ރައްޔިތުންނަށް ސައުދީ އަރަބިއްޔާއިން ހަދިޔާ ކުރި ކަދުރު ބަހާނީ މިއަދުން ފެށިގެން ހަ ދުވަހެއްގައި ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން ރޭ ވަނީ ކަދުރު ބަހާނެ ގަޑިތައް އިއުލާނުކޮށްފަ އެވެ.

އެ މިނިސްޓްރީއިން ބުނީ މިއަދާއި މާދަމާ އަދި މި މަހުގެ 14 އިން 18 އަށް ކަދުރު ބަހާނީ މެންދުރުފަހު 1 އިން 3 ޖެހުމުގެ ނިޔަލަށް ކަމަށެވެ. އަދި މި މަހުގެ 23 އިން 25 އަށް ކަދުރު ބަހާނީ ހެނދުނު 09:30 އިން މެންދުރު 12 ޖެހުމުގެ ނިޔަލަށް ކަމަށް ވެސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.

މާލެއާއި ވިލިމާލޭ އަދި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ކަދުރު ބަހާނީ އިސްލާމިކް މިނިސްޓްރީއިން ކަމަށްވާއިރު ކޮންމެ ގޭބީސީއަކަށް ދޫކުރަނީ އެއް ޕެކެޓް ކަދުރެވެ. އަދި ކަދުރު ދޫކުރަނީ ހަވާލުވާ މީހެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑަށް ބެލުމަށްފަހު ކަމަށް މިނިސްޓްރީއިން ބުނެއެވެ.

ސައުދީން މި ފަހަރު ރާއްޖެއަށް ހަދިޔާ ކޮށްފައިވަނީ 55 ޓަނުގެ ކަދުރެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ