- Advertisement -ad image

ޑިންގީއަކާއި ލޯންޗެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް

ad image

ގުޅުންހުރި ލިޔުންތައް


ލޯންޗަކާއި ޑިންގީއެއް ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، “ބްލޫ ސާޖަން” ނަމަކަށް ކިޔާ ލޯންޗަކާއި ޑިންގީއެއް ޖެހިގެން އެކްސިޑެންޓް ވެގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައިވަނީ މިރޭ 20:07 އެހާކަންހާއިރު ކަމަށެވެ.
މި އެކްސިޑެންޓް ހިނގީ ހުޅުމާލޭ ކައިރީ، ބަނާނާ ރީފް ކައިރީގައެވެ.
މި ހާދިސާގައި އަނިޔާވެފައިވަނީ ޑިންގީގައި ތިބި މީހުންނަށް ކަމަށާއި އެއީ ބިދޭސީއަކާއި ދިވެއްސަކު ކަމަށް ފުލުހުން ވިދާޅުވިއެވެ. ނަމަވެސް އެމީހުންނަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ، ހާދިސާ ހިނގިއިރު، ލޯންޗުގައި 22 މީހުން ތިބި ކަމަށާއި ނަމަވެސް އެ މީހުންނަކަށް އަނިޔާއެއް ވެފައި ނުވާ ކަމަށެވެ. ލޯންޗް ދަތުރު ކުރަމުން ދިޔައީ ހިންމަފުށިން ޝެރަޓަން ރިސޯޓަށް ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

މިހާދިސާއާއި ގުޅިގެން ބަލަން ޖެހޭ ކަންކަން ފުލުހުން މިހާރު އަންނަނީ ބަލަމުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ