Free Porn
xbporn

buy twitter followers
uk escorts escort
liverpool escort
buy instagram followers
6x games unblocked fnaf unblocked games 76 unblocked games krunker.io slither unblocked io premium unblocked github.io unblocked games
- Advertisement -ad image

ދަރިން ނަމާދަށް އަހުލުވެރިކުރުވުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިޔަތެއް: ޙުތުބާ

ad image

ގުޅުންހުރި ލިޔުންތައް

އެންމެ ތުއްތުއިރުން ފެށިގެން ދަރިން، ނަމާދަށް އަހުލުވެރިކުރުވުމަކީ މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިޔަތެއް ކަމަށް މިއަދުގެ ހުކުރު ޙުތުބާގައި ބުނެފި އެވެ.

މިއަދުގެ ޙުތުބާގެ މައުޟޫއަކީ ދަރީން ނަމާދަށް އަހުލުވެރިކުރުވުމެވެ. މި މައުޟޫގެ ދަށުން ޙުތުބާގައި ވަނީ ދަރިން ތަރުބިއްޔަތުކޮށް ދީނަށް ހޭނުވުމުގައި މައިންބަފައިންގެ ކޮނޑުގައި އެޅިފައިވާ ޒިންމާތަކުގެ މަތިން ހަނދާން އައުކޮށްދީފަ އެވެ.

އެގޮތުން ޙުތުބާގައި ވަނީ ކޮންމެ މަންމައަކާއި ބައްޕައަކުވެސް އަމާނާތެއްގެ ގޮތުގައި، އެދެމީހުންނާ الله سُبْحَانَهُ وَتَعَالَى ޙަވާލު ކުރައްވާފައިވާ ދަރީންނާމެދު ޒިންމާދާރު ބަޔަކަށް ވާންޖެހޭކަމަށް ބުނެފައެެވެ. އަދި އެ ދަރިންނަށް އިސްލާމީ ތަރުބިޔަތުން ތަރުބިޔަތު ލިއްބައިދީ އެކަމުގައި ނަމޫނާ ދައްކަން ޖެހޭކަމަށް ޙުތުބާގައި ބުނެފައި ވެއެވެ.

އެގޮތުން މުސްލިމަކަށް ވުމަށް ބޭނުންވާ މައިގަނޑު ޝަރުތުކަމަށްވާ ޝަހާދަތުގެ ދެކަލިމަ ދުލުން ކިޔައި ހިތުން ތެދުކޮށް ޤަބޫލުކޮށް، ބަހާއި ޢަމަލުން ކިޔަމަންތެރިކަން ކުރުމަށްފަހު، ދެން އެންމެ އިސްކަމެއް ދޭން ޖެހެނީ ނަމާދަށް ކަމަށް ޙުތުބާގައި ވަނީ ބުނެފައެވެ. އަދި ނަމާދަކީ ދީނުގެ ތަނބު ކަމުގައިވީ ހިނދު، ނަމާދަކީ އަހަރެމެން ކޮންމެ މުސްލިމަކުމެ އަދާކުރުން ވާޖިބު އަޅުކަމެއް ކަމަށް ޙުތުބާގައި ބުނެފައި ވެއެވެ.

އެކަން ބަޔާން ކުރައްވައި ރަސޫލާ ޙަދީޘްކުރައްވާފައި ވެއެވެ. (مُرُوْا أَوْلَادَكُمْ بِالصَّلَاةِ وَهُمْ أَبْنَاءُ سَبْعِ سِنِيْنَ، وَاضْرِبُوْهُمْ عَلَيْهَا وَهُمْ أَبْنَاءُ عَشْرٍ، وَفَرِّقُوْا بَيْنَهُمْ فِي الْمَضَاجِعِ)[1] މާނައީ: “ތިޔަބައިމީހުންގެ ދަރިންގެ ޢުމުރުން ހަތް އަހަރުވުމުން ނަމާދު ކުރަން އެކުދިންނަށް އަމުރުކުރާށެވެ! އަދި ދިހަ އަހަރުވުމުން ނަމާދު އަޅައިފިނަމަ އެކަމަށް އަހުލުވެރި ކުރުވުމަށްޓަކައި ކުރާ އެންމެ ފަހުކަމަކަށް އަނިޔާނުވާނޭ ގޮތައް ގައިގައި ޖަހައިގެން ނަމަވެސް އަދަބުވެރިކުރުވާށެވެ! އަދި އެކުދިން ނިންދަވާ ތަންމަތިތައް ވަކި ކުރާށެވެ.” [1] صحيح أبي داود

ޙުތުބާގައި ވަނީ ނަމާދަށް އަހުލުވެރި ބަޔަކަށް ހެދުމަށް ޢަމަލީ ގޮތުން ކުރެވޭ މަސައްކަތްތަކުގެ އިތުރަށް، ދަރިންނަށްޓަކައި ހެޔޮ ދުޢާކުރުމަކީ ވެސް، ކުރަން ޖެހޭނެކަމެއް ކަމަށް ބުނެފަ އެވެ. އަދި ނަމާދަކީ ތިމާ ކުރަން ޖެހޭ އެހެން ހުރިހާ ކަމެއް ނިމުމުން، ކުރަން ޖެހޭ ކަމެއް ކަމުގައި އިޙުސާސްކުރެވޭ ގޮތަށް ދަރިންނަށް މަގު ނުދައްކާ، ބަރާބަރަށް ނަމާދު އަދާކުރުމަކީ، މީހާގެ ޢަމަލުތައް ސީދާވުމަށް ލާޒިމުކަމެއް ކަމަށް، ނަބަވީ ސުންނަތުގެ މިސާލުތަކުން ސާބިތުވާކަމަށް ހުތުބާގައި ބުނެފައި ވެއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ