- Advertisement -ad image

އެފްޑީސީ 4000 ހައުސިން ޔުނިޓް: ފާއިތުވި ހަތަރު މަސްތެރޭގައި 192 ސްލެބް ޖަހާފައިވޭ: ހަމްދާން ޝަކީލް

ad image

ގުޅުންހުރި ލިޔުންތައް

އެފްޑީސީ ބޯހިޔާވަހިކަމުގެ މަޝްރޫއު ފެށި ފަހުން މިދިޔަ ސަރުކާރުން 22 މަސް ދުވަހުގެ ތެރޭގައި ޖުމްލަ 216 ސްލެބް ޖަހާފައިވާއިރު، ފާއިތުވި ހަތަރު މަސް ދުވަހުގެ ތެރޭގައި ޖުމްލަ 192 ސްލެބް ޖަހާފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އެމްޑީ ހަމްދާން ޝަކީލް ވިދާޅުވެއްޖެ އެވެ.

“އެކްސް”ގައި ހަމްދާން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކޮންސްޓްރަކްޝަން ޝެޑިއުލް އޮޕްޓިމައިޒްކޮށް، ވަސީލަތްތަކާއި އެހެނިހެން ޚިދުމަތްތައް ފަހިކޮށްދިނުމުން، މަހަކު އެވްރެޖްކޮށް 10 ސްލެބުން، މަހަކު އެވްރެޖްކޮށް 48 ސްލެބަށް އިމާރާތް ކުރުމުގެ ރޭޓް އިތުރުކުރެވިފައިވާ ކަމަށެވެ.

މީގެއިތުރުން ހަމްދާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙްގެ ސަރުކާރުން ނިންމަވާފައިވާ މަޝްރޫޢުގެ ސްކޯޕްގައި، ޓަވަރުތައް ޕަވަރ ގްރިޑަށް ގުޅާލުމާއި، ސެކިއުރިޓީ ސިސްޓަމްތަކާއި، ޓަވަރުތަކާއި ކުއްޔަށް އުޅޭ ފަރާތްތަކަށް އިންޓަނެޓާއި އެހެނިހެން މީޑިއާކަނެކްޓް ކުރެވޭނެ ގޮތަށް ޖީ.ޕީ.އޯ.އެން ނެޓްވޯކް، ކުނި ނައްތާލުމުގެ ނިޒާމާއި ލޭންޑްސްކޭޕިންގ މަސައްކަތްފަދަ މުހިންމު ޚިދުމަތްތަކާއި ވަސީލަތްތައް ހިމަނާފައެއް ނުވާކަމަށެވެ.

އެހެންކަމުން މި އިތުރު މަސައްކަތްތައް ނިންމުމަށް އިތުރު 454.5 މިލިއަން ރުފިޔާގެ އިންޖެކްޝަނެއް ބޭނުންވާކަމަށް ހަމްދާން ވަނީ ވިދާޅުވެފައެވެ.

އަދި މި މަސައްކަތްތަކަށް ބޭނުންވާ ފައިނޭންސިން ހޯދުމުގެ މަސައްކަތް ސަރުކާރާ ގުޅިގެން އެފްޑީސީން ކުރަމުންދާކަމަށް ހަމްދާން ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ