- Advertisement -ad image

ފަތުވާ މަޖިލީހަށް ރައީސް ދެ މެމްބަރަކު އައްޔަންކުރައްވައިފި

ad image

ގުޅުންހުރި ލިޔުންތައް

ރައީސް ޑރ. މުހައްމަދު މުއިއްޒު، އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހަށް އާ މެމްބަރުން މިއަދު އައްޔަންކުރައްވައިފިއެވެ.

އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހަށް ރައީސް އައްޔަންކުރެއްވީ ޑރ. މޫސާ އަންވަރު ހަސަނާއި ޑރ. އަލީ ޒާހިރު އެވެ.

އެ ދެ ބޭފުޅުން އައްޔަން ކޮށްފައިވަނީ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ށ)ގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ރާއްޖޭގެ ގައުމީ ޔުނިވަސީޓީ ނުވަތަ އިސްލާމިކް ޔުނިވަސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން އައްޔަންކުރާ މެމްބަރުންގެ ތެރެއިން ކަމަަށް މިނިސްޓްރީން ބުނެއެވެ.

ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ މަޖިލީހުގައި ފަސް މެމްބަރުން ތިބެން ޖެހެ އެވެ.

އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލިސް މިހާރު ހަމަޖެހިފައިވާ ގޮތަކީ:

ޑރ. މުހައްމަދު ރަޝީދު އިބްރާހީމް
ޑރ އަބްދުއްސައްތާރު އަބްދުއްރަހްމާނު
ޑރ މޫސާ އަންވަރު ހަސަން
ޑރ އަލީ ޒާހިރު
ޝެއިހް އިލްޔާސް ހުސެއިން

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ