- Advertisement -ad image

ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް އަވަސް ކުރުމަށް އިތުރު ޑްރެޖާރ އެއް ބޭނުންކުރަން ފަށައިފި

ad image

ގުޅުންހުރި ލިޔުންތައް

ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ހަލުވި ކުރުމަށް އިތުރު ޑްރެޖާރ އެއް ގެނެސް ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ. 

މީގެ ކުރިން 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުން ދިޔައީ އެއް ޑްރެޖާރ ބޭނުންކޮށްގެން ނެވެ. އެއީ “ޓީއެސްއެޗްޑީ ވިލެމް ވެން އޮރަންހީ” އެވެ. މި ޑްރެޖާރގެ ކެޕޭސިޓީ އަކީ 12،000 ކޮޑިމީޓަރެވެ. 

ބިން ހިއްކުމުގެ މަސައްކަތަށް މިއަދު ގެނައި ދެވަނަ ޑްރެޖާރ “ޓީއެސްއެޗްޑީ ޕްރިންސް ޑިނެޑަރލެންޑެން” ގައި 22،000 ކޮޑިމީޓަރުގެ ވެލި އުފުލޭނެއެވެ. 

ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތުގައި މި 2 ޑްރެޖާރ އެކީގައި ބޭނުންކުރަން ފެށުމުން މަސައްކަތް އިތުރަށް ހަލުވިވެގެންދާނެ ކަަމަށް އެޗްޑީސީން ބުނެއެވެ.

ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުހޯދުމަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ. މި ކޯޕަރޭޝަނުން މަސައްކަތް ކުރަމުން ދަނީ ބިން ހިއްކުމުގެ މަސައްކަތް ވީހާވެސް އަވަހަކައި ނިންމައި، ބޯހިޔާވަހިކަމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ