- Advertisement -ad image

ހުރިހާ ދައުރެއް ނިމިގެން ދިޔައިރުވެސް އައްޑު އަތޮޅުގެ ރައްޔިތުންނަށް ހައްގުވާ މިންވަރު ކަށަވަރެއް ނުކުރެވޭ: ޝާޑު

ad image

ގުޅުންހުރި ލިޔުންތައް

ކޮންމެ އިންތިހާބަކާއި ދިމާކޮށް އައްޑު އަތޮޅުގެ ރައްޔިތުންނަށް ހައްގުވާ މިންވަރުގެ ވާހަކަ އިވިގެންދާ ކަމަށާއި، ނަމަވެސް ހުރިހާ ދައުރެއް ނިމިގެން ދިޔައިރުވެސް އައްޑު އަތޮޅުގެ ރައްޔިތުންނަށް ހައްގުވާ މިންވަރު ކަށަވަރެއް ނުކުރެވޭކަމަށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން ހުޅުދޫ ދާޢިރާގެ ގޮޑިއަށް ވާދަކުރައްވާ ކެނޑިޑޭޓް މުހައްމަދު ޝާހިދު (ޝާޑު) ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒު މާލޭގައި ދިރިއުޅޭ އައްޑޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޝާޑު ވިދާޅުވީ، ކޮންމެ އިންތިހާބަކާއި ދިމާކޮށް އައްޑު އަތޮޅުގެ ރައްޔިތުންނަށް ހައްގުވާ މިންވަރުގެ ވާހަކަ އިވިގެންދާ ކަމަށެވެ. އެހެންނަމަވެސް ޝާޑުވަނީ ހުރިހާ ދައުރެއް ނިމިގެން ދިޔައިރުވެސް އައްޑު އަތޮޅުގެ ރައްޔިތުންނަށް ހައްގުވާ މިންވަރު ކަށަވަރެއް ނުކުރެވޭކަމަށް ވިދާޅުވެފައެވެ.

ޝާޑުވަނީ ރައީސް މުއިއްޒު ވެރިކަމާއި ހަވާލުވިތާ މަދުދުވަސްކޮޅެއްގެ ތެރޭގައިވެސް އައްޑޫގައި ގިނަ މަޝްރޫއުތަކެއް ފައްޓަވައިދެއްވިކަން ފާހަގަކުރައްވާފައެވެ. އޭގެތެރޭގައި ބްރިޖުގެ މަސައްކަތާއި، އައްސޭރި ޓޫރިޒަމްގެ އަމަލީ މަސައްކަތް ފެށިފައިވާކަމަށް ޝާޑުވަނީ ވިޑާޅުވެފައެވެ.

“އެއާޕޯޓު ތަރައްގީކޮށް، ކުރިއެރުމަށް ގެންދާ މަސައްކަތްތައް މިދަނީ ކުރިއަށް. އަދިވެސް އެހެނިހެން އިތުރު އާމްދަނީ ލިބޭނެ މަސައްކަތްތަކާއި، އައްޑު އަތޮޅުގެ ތަރައްގީގެ އެކިއެކި މަސައްކަތްތައް މިވަނީ ފެށިފަ. އަދި މިވީ ހަތަރު މަސް.” ޝާޑު ވިދާޅުވިއެވެ.

ޝާޑުވަނީ މި ސަރުކާރާއި، ރައީސް ޑރ. މުއިއްޒަށްވުރެ އައްޑުއަށް ހެޔޮ، އައްޑޫ ފަހުރުވެރިވާފަދަ ވެރިޔަކު މީގެކުރިން ނުފެންނަކަމަށް ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ