- Advertisement -ad image

އެމްޑީޕީ މެޖޯރިޓީވީ ފެއިލް، ފެންވަރާއި، އަޖުމަ ބަލަން ވިޔަސް ޕީއެންސީއަށް ވޯޓު ދެއްވާ: ޤައްސާން

ad image

ގުޅުންހުރި ލިޔުންތައް

ޕީއެންސީގެ ފެންވަރާއި، އަޖުމަ ބައްލަވާލައްވަން ވިޔަސް ޕީއެންސީގެ ކެނޑިޑޭޓުންނަށް ވޯޓުދިނުމަށް ޑިފެންސް މިނިސްޓަރ މުހައްމަދު ޤައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

މިރޭ “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ޤައްސާން ޤައްސާންވަނީ ރައްޔިތުން ބޭނުންވާ ތަރައްގީގެ މަޝްރޫއުތައް ތަންފީޒުކޮށް ހިންގުން ޤާނޫނު އަސާސީ އާއި ޤާނޫނުތަކުން އޮތީ ސަރުކާރަށް މަތިކުރެވިފައިކަމަށް ވިދާޅުވެފައެވެ.

އަދި އެމްޑީޕީއަތުގައި ސަރުކާރު އޮވެ، މަޖިލީހުގެ ސުޕަރމެޖޯރިޓީ ދިނުމުންވެސް ރައްޔިތުން ބޭނުންވި ތަރައްޤީ ގެނެސްނުދެވޭ ކަމަށެވެ. އަދި މިކަން ދަލީލު ކޮށްދެނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާކަމަށް ޤައްސާންވަނީ ވިދާޅުވެފައެވެ.

“އެމްޑީޕީ މެޖޯރިޓީވީ ފެއިލް. ޕީއެންސީގެ ފެންވަރުގެ އަޖުމަ ބައްލަވާލައްވަން ވިޔަސް ވޯޓު ޕީއެންސީއަށް.” ޤައްސާންގެ ޕޯސްޓްގައި ވިދާޅުވެފައިވެއެވެ.

މީގެއިތުރުން ޕީއެންސީއަށް މެޖޯރިޓީދިނުމަށާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވައުދުފުޅުތައް ހަލުއިކަމާއެކު ރަނުން ރަނަށް ފުއްދަވާ ދެއްވާނެކަމަށް ޤައްސާން ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ