- Advertisement -ad image

މިއަދު މި ފެންނަަނީ މީގެ ކުރިން ރާއްޖޭގެ އިދިކޮޅު ޕާޓީއަކުން ނުދައްކާ ކަހަލަ ވާހަަކަތަކާއި މަންޒަރުތަކެއް: އިޔާޒު

ad image

ގުޅުންހުރި ލިޔުންތައް

މިއަދު ފެންނަ މަންޒަރަކީ މީގެ ކުރިން ރާއްޖޭގެ އިދިކޮޅު ޕާޓީއަކުން ނުދައްކާ ކަހަލަ ވާހަަކަ ކަހަލަ ވާހަކަތަކަކާއި، ދައްކަމުންދާ މަންޒަރުތަކެއް ކަމަށް ޕީއެމް/ޕީއެންސީގެ ފަރާތުން މީދޫ ދާއިރާގެ ގޮޑިއަށް ވާދަކުރައްވާ ކެނޑިޑޭޓް އިޔާޒް ޖާދުﷲ ނަސީމް ވިދާޅުވެއްޖެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒު މާލޭގައި ދިރިއުޅޭ އައްޑޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން އިޔާޒު ވަނީީ ރައީސަކު ހޮވާފައި ވީ ދެ އަތްޕުޅު ބަންނަންވަންތޯ ވިދާޅުވެ ސުވާލުކުރައްވާފައެވެ. އަދި އެއްވެސް ކަމެއް ނުކުރެވޭ ގޮތަށް، އެ ފުރުސަތު ދީގެން ނުވާނެކަމަށް އިޔާޒުވަނީ ވިދާޅުވެފައެވެ.

“މިއަދު އަޅުގަނޑުމެންނަށް ފެންނަ މަންޒަރަކީ މީގެ ކުރިން ރާއްޖޭގެ އިދިކޮޅު ޕާޓީއަކުން ނުދައްކާ ކަހަލަ ވާހަަކަތަކެއް ދައްކަމުންދާ މަންޒަރު،”. އިޔާޒު ވިދާޅުވިއެވެ.

އިޔާޒު ވިދާޅުވީ މަޖިލީހާ ނުލާ އެއްވެސް ކަމެއް އޮމާންކޮށް ނުކުރެވޭނެކަމަށާއި، ރައީސް ޑރ. މުއިއްޒު ފަދަ އިހުލާސްތެރި ވެރިއަކު ލިބުމުން ދެން ޖެހޭނީ، އެމަނިކުފާނު ރައްޔިތުންނަށްޓަކައި ވެވަޑައިގެންނެވި ވައުދުތައް ފުއްދޭނެ ގޮތް ރައްޔިތުންގެ ފަރާތުން ހަމަޖައްސަން ކަމަށް އިޔާޒު ވިދާޅުވި އެވެ.

މީގެއިތުރުން އެމްޑީޕީން ރައީސް އަޒުލު ކުރާ ވާހަކަ ދައްކަމުން ދަނީ 2028ގެ ރިޔާސީ އިންތިހާބުވެސް ރަައީސް ޑރ. މުއިއްޒު ކާމިޔާބު ކުރައްވާފަނެތީ ބިރުން ކަމަށްވެސް މިރޭގެ ޖަލްސާގައި އިޔާޒުވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ