- Advertisement -ad image

ރާއްޖޭގެ ސިޔާސީ މައިދާނުގެ އަސްލު ހިސާބު ޓީޗަރަކީ އަދުރޭ ކަން ސާބިތުކޮށްދީފި

ad image

ގުޅުންހުރި ލިޔުންތައް

މީގެ ފަސް މަސް ކުރިން “މިހާރު” ނޫހަށް ދެއްވި އިންޓަވިއުއެއްގައި ޕީއެންސީގެ ޗެއާޕާސަން އަބުއްރަހީމް އަބްދުﷲ (އަދުރޭ) ވަނީ 70 އަށް ވުރެ ގިނަ ގޮނޑި ޕީޕީއެމް/ޕީއެންސީން ނަގާނެކަމަށް ވަނީ ވިދާޅުވެފައެވެ.

އެދުވަހު އަދުރޭ ޖެއްސެވި މި ހިސާބަށް ޖޯކުޖެހި އެތައް ބަޔަކުވެސް އުޅުނެވެ. އެހެންނަމަވެސް އިއްޔެ ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ނަތީޖާ އާއެކު މިވަނީ އަނެއްކާވެސް ހިސާބު ދިމާވެފައެވެ.

އިއްޔެގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީއިން މަޖިލީހުގެ ސުޕަރ މެޖޯރިޓީ ހޯދާފައިވަނީ 71 ގޮނޑި ކާމިޔާބުކޮށްގެންނެވެ. އަދުރޭ ވިދާޅުވިގޮތަށް ހިސާބު ދިމާވުމުން މިއަދު ސާބިތުވާ އެއްކަމަކީ ހަމަ ހަގީގަތުގައި ވެސް ރާއްޖޭގެ ސިޔާސީ މައިދާނުގައި އަސްލު ހިސާބު ޓީޗަރަކީ އަދުރޭކަމެވެ.

މަޖިލިސް އިންތިހާބުގައި ޕީއެންސީއަށް ވަނީ 60 ގޮނޑި ލިބިފައެވެ. އަދި ޕީއެންސީއަށް ތާއދީދުކުރާ އިތުރު ގޮނޑިތައް އެއްކޮށްލުމުން ޖުމްލަ 71 އެއްގޮނޑިއާއެކު މަޖިލީހުގައި ސަރުކާރަށް ވަނީ ސުޕަރ މެޖޯރިޓީ ލިބިފައެވެ.

އަދުރޭވެސް ވަނީ މަޖިލިސް އިންތިހާބުގައި ފޮނަދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރައްވާފައެވެ. ކުރިންވެސް މަޖިލީސް މެމްބަރެއް ގޮތުގައި އުޅުއްވާފައި ހުރި އަދުރޭ މިފަހަރު އެ ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ އިތުރު ހަތަރު ކެންޑިޑޭޓުންނާއި ވާދަކުރައްވައިގެންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ