- Advertisement -ad image

ސަރުކާރުގެ އިސްވެރިން ނުނިދާނެ، ދެން ފެންނާނީ އަމަލީ ގޮތުން ކަންކަން ކުރާތަން: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

ޤައުމަށް ބޭނުންވާ ތަރައްޤީ އެންމެ ހަލުވި ސްޕީޑްގައި ގެނައުމަށް ސަރުކާރުގެ އިސްވެރިން ދެން ތިބޭނީ 24 ގަޑިއިރު މަސައްކަތުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުން ސަރުކާރު ހިމެނޭ ކޯލިޝަންކަމަށްވާ ޕީޕީއެމް/ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ރައްޔިތުންނަށް ޝުކުރު ދެންނެވުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ހާއްސަ ޖަލްސާގައި ޥާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ މި ސަރުކާރުގެ އިސްވެރިންދެން ނުނިދާ ތިބޭނީ ރައްޔިތުން އެދޭ ތަރައްގީ ގެނައުމުގެ މަސައްކަތުގައި ކަމަށެވެ. އަދި ރާއްޖޭގައި ހަމަޖެހުން ޤާއިމްކޮށް، ރައްޔިތުން ބޭނުންވާ ތަރައްޤީ ގެނެސްދިނުމުގައި ދެން ދާނީ ބާރު ސްޕީޑްގައި ކަމަށް ރައީސްވަނީ ވިދާޅުވެފައެވެ.

“އިރާދަކުރެއްވިއްޔާ ދެން ފެށޭނީ މި ގައުމުގެ ތަރައްގީއާ ދުވަސްތައް. މި ވޭތުވެދިޔަ ފަސް މަސް އެއީ އެއްވެސް އެއްޗެއް ނޫން، ތިބޭފުޅުން ދެން އުޅުއްވަން ޖެހޭނީ 24 ގަޑިއިރު ހޭލާއޭ،”. ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންނާއި، މަޖިލީސް މެންބަރުންނަށް އިޝާރަތް ކުރައްވާ ރައީސް ވިދާޅުވިއެވެ.
ހަމައެހެންމެ ރައީސް ވަނީ ދިވެހިރާއްޖެއަކީ މިނިވަންކަމަށް ލޯބިކުރާ ބައެއްކަން މުޅި އިންޓަރނޭޝަނަލް ކޮމިއުނިޓީގެ ހުރިހާ ފަރާތްތަކަށްވެސް މިހާރު ސާފުވާންވާނެކަމަށް ވިދާޅުވެފައެވެ. އަދި ދިވެހިންނަށް މުހިންމީ ދިވެހިންގެ ކަންކަމުގައި ދިވެހިން ބަސްބުނެ ދިވެހިން ބޭނުންވާގޮތަށް ކުރަންކަމަށް މިހާރު ވަރަށް ސާފުވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

“އަދި އަޅުގަނޑުމެން އެތެރޭގައި ތިބި، އެބަޔަކު ވަކި އެޖެންޑާއެއް ގެންގުޅުއްވަން އުޅުއްވި ބޭފުޅުންނަށް ވެސް ވަރަަށް ސާފުވެވަޑައިގަންނަވާނެކަމަށް އުއްމީދުކުރަން” ރައީސް ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ