- Advertisement -ad image

ދެން ފެށޭނީ މި ގައުމުގެ ތަރައްގީގެ އާ ދުވަސްތައް: ރައީސް

ad image

ގުޅުންހުރި ލިޔުންތައް

އިރާދަކުރެއްވިއްޔާ ދެން ފެށޭނީ މި ގައުމުގެ ތަރައްގީއާ ދުވަސްތައްކަމަށާއި، މި ވޭތުވެދިޔަ ފަސް މަސް އެއީ އެއްވެސް އެއްޗެއް ނޫންކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުން ސަރުކާރު ހިމެނޭ ކޯލިޝަންކަމަށްވާ ޕީޕީއެމް/ޕީއެންސީއަށް ލިބުނު ކާމިޔާބީ ފާހަގަކޮށް ރައްޔިތުންނަށް ޝުކުރު ދެންނެވުމަށް ރޭ އާޓިފިޝަލް ބީޗުގައި ބޭއްވި ހާއްސަ ޖަލްސާގައި ޥާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުއިއްޒު ވިދާޅުވީ ސަރުކާރުގެ އިސްބޭފުޅުން ދެން އުޅުއްވަން ޖެހޭނީ 24 ގަޑިއިރު ހޭލާކަމަށެވެ.

ދެން އޮތީ މަސައްކަތް ކުރުމާއި، މަސައްކަތުގެ ދުވެލި އަވަސް ކުރުން ކަަމަށް ވިދާޅުވެ ރައީސް ވަނީ ދެން އޮތީ ރައްޔިތުން ދިން އިތުބާރާއި ދެއްވި ތާއިދުގެ މައްޗަށް، މި ފަސް މަހުގެ ތެރޭގައި ކުރެވުނު މަސައްކަތަށް، އެެތައް ގުނައަކަށް ވުރެ މައްޗަށް ސްޕީޑް އަވަސްކޮޮށް ރައްޔިތުން އެދޭ ތަރައްގީ މި ގައުމަށް ގެެނެސްދިނުމުގެ މަސައްކަތް ފެށުން ކަމަށް ވިދާޅުވެފައެވެ.

ހަމައެހެންމެ، ރައީސް ވިދާޅުވީ އާ ކުރަންވީ، މި ދެއްވި ނިއުމަތުގެ މަތީގައި އިހުލާސްތެރިކަމާއި އެކީގައި ކުރިއަށް ދިއުމުގެ އަޒުމް ކަަމަށާއި، އަދި މިއަދު ޔަގީން ވެގެންދިޔައީ މި ގައުމުގެ ކުރިމަގު ވަަރަށް އުޖާލާ ކަމަށެވެ.

ރައްޔިތުން މަޖިލިސް އިންތިހާބުގައި ޕީއެންސީ އިން ވަނީ 71 ގޮނޑި އާއެކު މަޖިލީހުގެ ސުޕަރމެޖޯރިޓީ ހޯދާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ