- Advertisement -ad image

20 ވަނަ މަޖިލީހަށް އިންތިހާބުވި މެމްބަރުން ހުވާކުރުން މެއި 28 ގައި

ad image

ގުޅުންހުރި ލިޔުންތައް

ކުރިއަށް އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުކުރި 93 މެމްބަރުން ހުވާ ކުރުން އަންނަ މޭ 28 ގައި ބާއްވަން މަޖިލިހުގެ އިދާރާ އިން ނިންމައިފި އެވެ.

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގައި އާ މެމްބަރުން ހުވާކުރުމުގެ ޖަލްސާ އޮންނަ ތާރީހު އިއުލާނުކުރަމުން މަޖިލީހުގެ މިހާރުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ، ހުވާކުރުމުގެ ޖަލްސާއަށް ރައްޔިތުންގެ މަޖިލިސް އިދާރާއިން ތައްޔާރުވަމުން އަންނަ ކަމަށެވެ.

“އެކަމާ ގުޅޭ ތައްޔާރީތައް މަޖިލިސް އިދާރާ އިން ކުރަމުން ގެންދާ ވާހަކަ ދަންނަވަން،” އަސްލަމް ވިދާޅުވިއެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ އޮންނާނީ އަންނަ މެއި 13، ގަ އެވެ. އަދި ހިނގަމުން މިދާ މަޖިލީހުގެ ފަސް އަހަރުގެ ދައުރު ނިމޭނީ މެއި 15، ގައި ކަން އަސްލަމް އިއުލާނުކުރެއްވި އެވެ.

އާދީއްތަ ދުވަހު ބޭއްވި މަޖިލިސް އިންތިހާބުގައި، ސަރުކާރު ހިންގާ ޕާޓީ ޕީއެންސީން ވަނީ 66 ގޮނޑި ކާމިޔާބުކޮށް، ޕީއެންސީން ތާއީދުކުރި ކެންޑިޑޭޓުންގެ އެހީޔެރިކަމާ އެކު، ސުޕަ މެޖޯރިޓީއެއް ހޯދައިފަ އެވެ. އިދިކޮޅު އެމްޑީޕީ އަށް އާ މަޖިލިހުން ކާމިޔާބު ކުރެވުނީ އެންމެ 12 ގޮނޑި އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ