- Advertisement -ad image

ރާއްޖޭގެ ވެރިކަމަށް އައުމުގެ ވިސްނުމެއް، ހިޔާލެއްވެސް ނެތް: އަދުރޭ

ad image

ގުޅުންހުރި ލިޔުންތައް

ދިވެހިރާއްޖޭގެ ވެރިކަމަށް ދިއުމަކީ ވިސްނާފައި ހުރިކަމެއް ނޫންކަމަށާއި، އެފަދަ ހިޔާލެއްވެސް ނުގެންގުޅުއްވާކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އަދުރޭ ވަަނީ އެމަނިކުފާނު ވެރިކަން ބޭނުންވެގެން ނޫޅޭނެކަން، އަދުރޭ މަސައްކަތް ކުރާ ހުރިހާ ބޭފުޅުންނަށްވެސް އެނގޭނެކަމަށް ވިދާޅުވެފައެވެ. އޭރުވެސް ޕީޕީއެމްގެ ލީޑަރޝިޕްގެ އެންމެ އިސްކޮށް ހުންނެވިއިރުވެސް އަދުރޭގެ އެފަދަ ވިސްނުންފުޅެއް ނެތްކަމަށް ވިދާޅުވެފައެވެ.

އަދުރޭ ވަނީ، އޭނާ އާއި މެދު ޕީޕީއެމްގެ ލީޑަރޝިޕްގައި އެއްވެސް ހިތްހަމަޖެހުމެއް ނޯންނާނެކަމަށް ވިދާޅުވެފައެވެ. އަދި މިދިޔަ ފަސް އަހަރުވެސް އެ ޕާޓީގެ ލީޑަރޝިޕްގައި ތިބީ އެއް ފިކުރެއްގެ މީހުންކަމަށާއި، ބޭރުން އައި އައު ވިސްނުމެއްގެ މީހެއް ނެތްކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

އަދުރޭ ވަނީ އާދިއްތަ ދުވަހު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ ގޮނޑިއަށް ވާދަކޮށް ބޮޑު އަޢުލަބިއްޔަތަކުން އެ ގޮނޑި ކާމިޔާބު ކުރައްވާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ