- Advertisement -ad image

ރައްޔިތުން ޤަބޫލުކުރީ ފާއިތުވި ފަސް މަސްތެރޭގައި ރައީސް ކުރެއްވި މަސައްކަތް: އަދުރޭ

ad image

ގުޅުންހުރި ލިޔުންތައް

ނިމިގެން ދިޔަ މަޖިލިސް އިންތިހާބުން ބުނެދެނީ ފާއިތުވި ފަސް މަސްތެރޭގައި ރައީސުލްޖުމްހޫރިއާޔާ ޑރ. މުހައްމަދު މުއިއްޒު ކުރެއްވި މަސައްކަތްޕުޅު ރައްޔިތުން ޤަބޫލުކުރިކަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

ލ. ފޮނަދޫ ދާއިރާއަށް އަލަށް އިންތިހާބުވެވަޑައިތުމަށްފަހު ރޭ ޕީއެސްއެމްގެ “ރާއްޖެ މިއަދު” ޕްރޮގްރާމްގައި ވާހަކަފުޅުދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް މުއިއްޒު ރައްޔިތުންނާއި ބައްދަލުކޮށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމަށް ވޭތުވެދިޔަ ފަސް މަސްދުވަސްތެރޭގައި ކުރެއްވި މަސައްކަތަށް ބެލުމަށްފަހު، އެއްބާރުލުންދީފަނަމަ އެމަނިކުފާނުގެ ވައުދުތައް ފުއްދާނެކަން ރައްޔިތުންނަށް ކަށަވަރުވެފައިވާ ކަމަށެވެ.

“އެ ޔަގީންކަމާއި އެ ކަށަވަރުކަން ރައްޔިތުންނަށް ލިބިއްޖެކަން މި އިންތިހާބުން އެންމެ ބޮޑަށް ހާމަވެގެން ދިޔަ އެއްކަމަކީ” އަދުރޭ ވިދާޅުވިއެވެ.

މީގެއިތުރުން އަދުރޭ ވަނީ ރައްޔިތުން އަބަދުވެސް ބޭނުންވަނީ ކުރިއެރުމާއި ތަރައްގީގެ އިތުރުން ހަމަޖެހުމާއި ރައްކާތެރިކަން ކަމަށް ވިދާޅުވެފައެވެ. އަދި ސިޔާސީ ހަމަނުޖެހުމެއްގެ ތެރޭގައި ރައްޔިތުން ތިބެން ބޭނުންނުވާކަމަށް ވެސް ވިދާޅުވިއެވެ.

އަދި ރައްޔިތުން ބޭނުންވަނީ ބޭރުގެ ނުފޫޒެއް ނެތި މިނިވަންކަމާއެކު ދިވެހިންގެ ރާއްޖެއެއް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ