- Advertisement -ad image

އަމިއްލަ ގޮތުން ވާދަކޮށް މަޖިލީހަށް އިންތިހާބުވި ހަ މެމްބަރެއް ޕީއެންސީއަށް!

ad image

ގުޅުންހުރި ލިޔުންތައް


ނިމުނު ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކޮށް ހޮވުނު ހަ މެމްބަރެއް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީއަށް ސޮއިކޮށްފި އެވެ.

މަޖިލިސް އިންތިހާބުގައި ޕީއެންސީން 66 ގޮނޑި ކާމިޔާބު ކުރި އެވެ. އަދި އަމިއްލަ ގޮތުން ވާދަކޮށްގެން ހޮވުނު 11 މެމްބަރުންގެ ތެރޭގައި ސަރުކާރުގެ ތާއީދު ލިބުނު ހަތަރު މެމްބަރުން ތިއްބެވެ. އިތުރު ދެ ބޭފުޅެއް ހިމެނޭހެން ޕީއެންސީއަށް ސޮއި ކުރި މެމްބަރުނާއި އެކު 29 ވަނަ މަޖިލީހުގައި އެ ޕާޓީ ތަމްސީލު ކުރާނެ 72 މެމްބަރުން މަޖިލީހުގައި ތިބޭނެ އެވެ.

މުލިއާގޭގައި އޮތް ބައްދަލުވުމުގައި، ރޭ ޕީއެންސީއަށް ސޮއި ކުރި ހަ މެމްބަރުންނަކީ:-

ޑރ. އަނާރާ ނަޢީމް – ހުރާ ދާއިރާ
ޙަސަން ޒަރީރު – މަތިވެރި ދާއިރާ
އަހްމަދު ޒަމީރު – މައްޗަންގޮޅި މެދު ދާއިރާ
އަޙްމަދު ރިޔާޒް – ތިމަރަފުށި ދާއިރާ
ޔާސީން ޢަބްދުﷲ – ނައިފަރު ދާއިރާ
ޢާޒިމް ޢަބްދުލް ޢަޒީޒް – ވިލިނގިލި ދާއިރާ

މީގެއިތުރުން އަމިއްލަ ގޮތުން ގޮނޑި ކާމިޔާބު ކުރި އެހެން ބައެއް މެމްބަރުންގެ ތެރޭގައި، ޕީއެންސީގެ މެމްބަރުންގެ ގޮތުގައި ތިބެ ވަދަކުރި ބޭފުޅުން ހިމެނެ އެވެ. އެހެންކަމުން އަދި އިތުރު ބައެއް ބޭފުޅުން ޕާޓީއަށް ސޮއި ކުރުމުގެ ފުރުސަތު ބޮޑެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ