- Advertisement -ad image

ފާއިތުވި 15 އަހަރު ތެރޭގައި އައިސްފައި އޮތް އަނދިރިކަން ފިލުވައިދީ، މާކަރީ ލައިޓް ޖަހައިދޭނަން: މުޙައްމަދު އިސްމާޢީލް

ad image

ގުޅުންހުރި ލިޔުންތައް

ވޭތުވެދިޔަ 15 އަހަރު ތެރޭގައި ވިލިމާލެއަށް އައިސްފައި އޮތް އަނދިރިކަން ފިލުވައިދީ މާކަރީ ލައިޓް ޖަހައިދޭނެކަމަށް ވިލިމާލެ ދާއިރާގެ އިންތިހާބީ މެމްބަރު މުޙައްމަދު އިސްމާޢީލް ވިދާޅުވެއްޖެ އެވެ.

20 ވަނަ ރައްޔިތުން ލިބުނު ކާމިޔާބީ ފާހަގަކޮށް ޝުކުރު އަދާކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ޕީއެންސީގެ ކެނޑިޑޭޓް، މުޙައްމަދު އިސްމާޢީލް ވަނީ ވޭތު ވެދިޔަ 15 އަހަރު ތެރޭގައި އޮތް މަލްޓި ޕާޓީ ޑިމޮކްރަސީގެ ތެރެއިން ވިލިމާލެއަށް އައިސްފައި އޮތް އަނދިރިކަން ފިލުވައިދީ މާކަރީ ލައިޓް ޖަހައިދޭނެކަމަށެވެ. އަދި އެކަން ވާންޖެހޭނެ ގޮތަކީ އެއީކަމަށްވެސް މުޙައްމަދު އިސްމާޢީލް ވަނީ ވިދާޅުވެފައެވެ.

މީގެއިތުރުން މުޙައްމަދު އިސްމާޢީލް ވަނީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒަކީ ކަންކަން ކޮށްދެއްވާނެ ރައީސެއްކަމަށް ވިދާޅުވެ، އެފަދަ ރައީސަކާއި އެކުގައި މަސައްކަތް ކުރާ މީހެއްގެ ހައިސިއްޔަތުން ރައީސްގެ ވައުދުފުޅުތަކުގެ 99 އިންސައްތަ ވިލިމާލޭގައި ފުއްދަވާ ދެއްވާނެކަމަށް ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭގެ ގޮނޑި މުޙައްމަދު އިސްމާޢީލް ކާމިޔާބު ކުރައްވާފައިވަނީ 65.7 އިންސައްތަ ވޯޓުންނެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ