- Advertisement -ad image

ވިއްސާރައިގައި އައްޑޫއިން ގެއްލުންވި 4 ގެއެއްގެ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފި

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ދެކުނަށް ކުރަމުންދާ ވިއްސާރައިގައި އައްޑޫ ސިޓީގެ 4 ގެއަކަށް ގެންލުންވެ އެ ގޭތަކުގައި ދިރިއުޅޭ މީހުން ވަގުތީ ހިޔާތަކަށް ބަދަލުކޮށްފިއެވެ.

ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނީ މި ހާދިސާގައި އައްޑޫ ސިޓީ ފޭދޫގެ 40 އަށްވުރެ ގިނަ ގެއަށް އަސަރުކޮށް އަވަށު އޮފީހާއި ސިފައިން ހަރަކާތްތެރިވެފައިވާ ކަމަށެވެ. އަދި އެގޭތަކުގައި ދިރިއުޅޭ އާއިލާތައް ވަގުތީ ހިޔާތަކައް ބަދަލުކުރުމުގެ މަސައްކަތް އައްޑޫ ސިޓީ ކައުންސިލާއެކު ކުރަމުންދާ ކަމަށް އެ އިދާރާއިން ބުނެއެވެ.

ބޯކޮށް ވާރޭވެހި އައްޑޫ ސިޓީ ފޭދޫ މަގުތަކުގައި ފެން ބޮޑުވެގެން ފެން ހިންދުމުގެ މަސައްކަތް ސަދަން އޭރިއާ ކޮމާންޑް، ސ. ހިތަދޫ ފަޔާ ސްޓޭޝަނުން ރޭ ވަނީ ކޮށްފަ އެވެ.

އައްޑޫ ސިޓީގެ މޭޔަރު އަލީ ނިޒާރު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ އައްޑޫ ސިޓީ އަށް ކުރަމުންދާ ވިއްސާރާގައި 30 އަށްވުރެ ގިނަ ގެއަށް ފެން ވަދެފައިވާ ކަމަށެވެ. ހަމައެހެންމެ ރަށުތެރޭ ފެންބޮޑުވުމާ ގުޅިގެން މަގު ހެދުމުގެ ޕްރޮޖެކްޓުގެ ތެރެއިން ކޮނެފައިވާ ވަޅުތަކާއި ލިންކް ރޯޑުގައި ހެދިފައިވާ ވަޅުތަކަށް ސަމާލުވުމަށް އެ ސިޓީގެ ކައުންސިލުން ވަނީ އިލްތިމާސްކޮށްފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ