- Advertisement -ad image

ސިޔާސީ ވިސްނުމަށް ބަލައިގެން މުވައްޒަފުންނަށް ފިޔަވަޅެއް ނާޅާނަން: ފަހުމީ

ad image

ގުޅުންހުރި ލިޔުންތައް

ސްޓެލްކޯއަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ކުންފުންޏަކަށް ހަދާނެކަމަށާއި، ސިޔާސީ ވިސްނުމަށް ބަލައިގެން އެ ކުންފުނީގެ މުވައްޒަފުންނަށް ފިޔަވަޅެއް ނާޅާނެކަމަށް ސްޓެލްކޯގެ އެމްޑީ ހުސެއިން ފަހުމީ ވިދާޅުވެއްޖެއެވެ.

“ޕީއެސްއެމް”އަށް ދެއްވި އިންޓަވިއުއެއްގައި ފަހުމީ ވިދާޅުވީ މިފަހަރުގެ ރައްޔިތުންގެ މަޖިލީހުގެ ޕްރައިމަރީ އަދި އިންތިހާބުގައިވެސް ރައްޔިތުން މަޖިލީހުގެ ވަރަށް ގިނަ މުވައްޒަފުން ބައވެރިވި ކަމަށެވެ. އޭގެތެރޭގައި ސަރުކާރާއި އިދިކޮޅު ބައެއް ޕާޓީތަކަށް ނިސްބަތްވާ ކެނޑިޑޭޓުންވެސް ހިމެނުނުއިރު، އެތަނުން ބައެއް ބޭފުޅުންނަށް އިންތިހާބު ކާމިޔާބުވިކަން ވެސް ފަހުމީ ވަނީ ފާހަގަކުރައްވާފައެެވެ.

އެހެންނަމަވެސް، އެ މުވައްޒަފުންނާއި މެދު ސްޓެލްކޯއިން ސާކިއުލާ ނެރެ އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާނޭކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ. އަދި މިނިވަންކަމާއެކު އދިކޮޅު ޕާޓީގެ އިތުރުން ސަރުކާރު ނިސްބަތްވާ ޕާޓީގެ ބޭފުޅުންނަށްވެސް ހަރަކާތްތެރިވުމުގެ ފުރުސަތު ދީފައިވާނޭކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.

ފަހުމީވަނީ ޤާނޫނުގައި ވެސް އެ ބޭފުޅުންނަށް އެ އިހްތިޔާރު ލިބިފައިވާ ކަމަށާއި، އެހެންވެ އެގޮތަށް ފިޔަވަޅު އަޅަން ބޭނުންނުވާކަމަށް ފަހުމީ ވަނީ ވިދާޅުވެފައެވެ.

“މި ސަރުކާރުން އެކަހަލަ ކަމެއް ނުކުރާނެ އިނގޭތޯ” ފަހުމީ ވިދާޅުވިއެެވެ.

މީގެއިތުރުން ފަހުމީ ވަނީ އެބޭފުޅާގެ ސިޔާސަތަކީ ކުންފުނި ސިޔާސީ ނުކުރުން ކަމަށް ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ