- Advertisement -ad image

މަޖިލިސް އިންތިހާބުން އެންމެ މަތީ އިންސައްތައަށް ވޯޓު ހޯދީ ޝުޖާ!

ad image

ގުޅުންހުރި ލިޔުންތައް

މިމަހު 21 ވަނަ ދުވަހު ބޭއްވި ވިހިވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުން އެންމެ މަތީ އިންސައްތައަށް ވޯޓު ހޯއްދަވާފައިވަނީ ބާރަށު ދާއިރާއަށް ކުރިމަތިލެއްވި ޕީއެންސީގެ ކެނޑިޑޭޓު، އިބްރާހީމް ޝުޖާޢު (ޝުޖާ)ކަމަށް އިލެކްޝަން ކޮމިޝަނުގެ ހިސާބުތަކުންް ދައްކައިފިއެވެ.

އިލެކްޝަނުން މިއަދު އިއުލާންކުރި މަޖިލިސް އިންތިހާބުގެ އުސްއަލިތަކުން ދައްކާގޮތުގައި ބާރަށު ދާއިރާގެ އިންތިހާބީ ކެނޑިޑޭޓު އަދި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު ޝުޖާވަނީ %83.49 އިންސައްތަ ވޯޓު ހޯއްދަވާފައެވެ. 

ޝުޖާ އާއި ޖެހިގެން ދެން މި އިންތިހާބުން އެންމެ ގިނަ މަތީ އިންސައްތައަށް ވޯޓު ހޯއްދަވާފައިވަނީ މީދޫދާއިރާއަށް ކުރިމަތިލެއްވ އެމްޑީއޭގެ ކެނޑިޑޭޓު، އަޙްމަދު ސިޔާމް މުޙައްމަދު އެވެ. ޝިޔާމްވަނީ %73.73 އިންސައްތަ ވޯޓު ހޯއްދަވާފައެވެ. އަދި ތިންވަނައަށް އެންމެ މަތީ އިންސައްތައަށް ވޯޓު ލިބިލެއްވި ޕީއެންސީއަށް ނިސްބަތްވާ ހެންވޭރު ދެކުނު ދާއިރާގެ ކެނޑިޑޭޓު ސައިން ޢިމްރާން ލަތީފު ވަނީ %71.43 އިންސައްތަ ވޯޓު ހޯއްދަވާފައެވެ.

މި އިންތިހާބުގައި އެންމެ ގިނަ ވޯޓު ހޯދާފައިވެސް ވަނީ ޕީއެންސީގެ ފަސް ކެނޑިޑޭޓުންނެވެ. އެއީ:

1- އިބްރާހީމް ޝުޖާޢު، ޕީއެންސީ، ބާރަށުދާއިރާ 2447
‏2-ޔޫސުފް ނަޝީދު، ޕީއެންސީ، ގަމު ދާއިރާ. 1853
‏3-ޢަބްދުالله ޝަޒީމް، ޕީއެންސީ، ހުޅުމާލެމެދުދާއިރާ 1746
‏4-ޙަމަދު ޢަބްދުالله، ޕީއެންސީ، ފުއަށްމުލަކު އުތުރު ދާއިރާ 1745
‏5-އަޙްމަދު ޒާހިރު ޕީއެންސީ، މަޑުއްވަރީ ދާއިރާ 1735

ނިމިގެން ދިޔަ މަޖިލިސް އިންތިހާބުގައި ޕީއެންސއަށް މިހާރުވަނީ 76 ގޮނޑި ލިބިފައެވެ. މިއާއެކު 20 ވަނަ މަޖިލީހުގެ ސުޕަރމެޖޯރިޓީ އެ ޕާޓީއިން ވަނީ ހޯދާފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ