- Advertisement -ad image

މޯލްޑިވިއަން އިން ވައިޑް ބޮޑީ އެއާކްރާފްޓާއެކު ޗައިނާ އާއި ޔޫރަޕަށް ސީދާ ދަތުރުތައް ފަށަނީ

ad image

ގުޅުންހުރި ލިޔުންތައް

ރާއްޖޭގެ ޤައުމީ އެއާލައިންކަމަށްވާ “މޯލްޑިވިއަން” އިން ވައިޑް ބޮޑީ އެއާކްރާފްޓާއެކު ޗައިނާ އާއި ޔޫރަޕަށް ސީދާ ދަތުރުތައް ފެށުމަށް ނިންމާފައިވާކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ. 

ރޭ ޕީއެސްއެމްގައި ބޭއްވި “އަހާ” ފޯރަމްގައި ޢާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ އަމީން ވިދާޅުވީ މޯލްޑިވިއަންއިން ޗައިނާގެ ސިޓީތަކަށާއި ޔޫރަޕްގެ ބައެއް ގައުމުތަކަށް ޝެޑިއުލް ދަތުރުތައް ފެއްޓޭނެ ލަފާކުރެވެނީ އޮކްޓޯބަރު ފަހުކޮޅުގައި އެވެ. އަދި އެ ހިސާބަށް ދާއިރު މޯލްޑިވިއަން އޮންނާނީ ވައިޑް ބޮޑީ އޮޕަރޭޝަނާއި އެކީގައި ފެށިފައި ކަމަށާއި، އެއީ ކުރަން ބޭނުންވާ ވަރަށް މުހިންމު މަސައްކަތެއް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.

މީގެއިތުރުން އަމީންވަނީ މި ސަރުކާރުން ސަރުކާރާއި ހަވާލުވެ ހުރިހާ ކުންފުންޏެއް އެސެސް ކުރުމުގެ ތެރެއިން، ވޭތުވެދިޔަ ފަސް އަހަރު ތެރޭގައި މޯލްޑިވިއަން އެތައް ބިލިއަން ރުފިޔާއަކުން ދަރަނިވެރިވެފައި އޮތްކަން ފާހަގަކުރެވިފައިވާކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް މޯލްޑިވިއަންއަކީ ގައުމީ އެއާލައިން ކަމަށްވާއިރު، މޯލްޑިވިއަންއަށް ގެއްލުންތަކެެއް ވިޔަސް، އެ އެއާލައިން ބޭރު ގައުމުތަކަށް އުދުހުމުން ވަރަށް ބޮޑެތި އިކޮނޮމިކް ކޮންޓްރިބިއުޝަނެއް ގެނެސްދޭނެ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އެހެންކަމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ ވައިޑް ބޮޑީ އޮޕަރޭޝަންސް މޯލްޑިވަން ތެރޭގައި ކުރަން ޖެހޭ ކަމެއްގެ ގޮތުގައި ކަމަށާއި، އެކަންތައް ކުރުމުގައި މިހާރުވެސް ވަރަށް ބޮޑެތި ކުރިއެރުން ލިބިފައި ވާކަމަށް މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ