- Advertisement -ad image

ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ސްޓޫޑަންޓް ލޯނު ދޫކުރަނީ

ad image

ގުޅުންހުރި ލިޔުންތައް

ސަރުކާރުން ދޫކުރާ ސްޓޫޑަންޓް ލޯނަށް ހުޅުވާލި ފުރުސަތުގައި ޝަރުތު ހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޫކުރަން ނިންމާފައިވާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ ވިދާޅުވެއްޖެ އެވެ.

ރޭ ބޭއްވި “އަހާ” ފޯރަމްގައި ޢާންމުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން މިނިސްޓަރ މާރިޔާ ވަނީ ސްޓޫޑަންޓު ލޯނަށް އެދުމަށް ހުޅުވާލި މުއްދަތު އަންނަ މަހުގެ ދެވަނަ ދުވަހުގެ 1:30 ގެ ނިޔަލަށް މިހާރު އިތުރުކޮށްފައިވާކަމަށް ވިދާޅުވެފައެވެ.

އަދި ޝަރުތު ހަމަވާނަމަ އެ ދަރިވަރަކަށް ލޯނު ދޫކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މަތީ ތައުލީމަށް ދޫކުރާ ލޯނުގެ 50 ޕަސެންޓު، އެންމެ ޓެކްނިކަލް ދާއިރާތައް ކަމަށްވާ އިންޖީނިއަރިން އާއި ސުޕަ ސްޕެޝަލައިޒޭޝަން އަދި ކޯޑިންއަށް ހާއްސަކުރަން ނިންމިކަން މިއަދު ރައީސް އޮފީހުން ވެސް ވަނީ ހާމަކޮށްފައެވެ. 

ސްޓޫޑަންޓް ލޯން ސްކީމްގެ ދަށުން ރާއްޖޭގައި ޑިޕްލޮމާއިން ފެށިގެން މާސްޓާސް ޑިގްރީ ލެވަލްއަށް ކިޔެވުމަށް އެދި ހުށަހެޅެ އެވެ. އަދި ރާއްޖޭން ބޭރުން ޑިޕްލޮމާ ފެންވަރުން ފެށިގެން ޕީއެޗްޑީ ފެންވަރަށް ކިޔެވުމަށް އެދި ލޯނަށް ހުށަހެޅޭނެ އެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ