- Advertisement -ad image

އަލުން ޔޫތް ސެންޓަރުތައް ގާއިމް ކުރެވިގެންދާނީ ރަނގަޅު ވަޒީފާތަކާ އެކު: އަސްވާޑް

ad image

ގުޅުންހުރި ލިޔުންތައް

އަލުން ޔޫތް ސެންޓަރުތައް ގާއިމް ކުރެވިގެންދާނީ ރަނގަޅު ވަޒީފަތަކާއިވެސް އެކުގައި ކަަމަށް ޔޫތް މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑް) ވިދާޅުވެއްޖެއެވެ.

ބޭއްވި “އަހާ” ފޯރަމްގައި ޢާންމުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އަސްވާޑް ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމާއި އެއްކޮށް އަލަށް އަޅާ ޔޫތް ސެންޓަރުތަކުގައ ދިވެހި ޒުވާނުން އެދޭ ފެންވަރުގައި ގާއިމް ކުރެވިގެންދާއިރު، ވަޒީފާގެ އިތުރު ފުރުސަތުތައް ވެސް ފަހިވެގެންދާނެކަމަށް ވިދާޅުވެފައެވެ.

އަދި މިވަގުތު ޔޫތް ސެންޓަރެއްގައި އެންމެ ބޭފުޅަކު ހުރި ކަމުގައިވިޔަސް، ރަނގަޅު ފެސިލިޓީސްތާއެކު އަލުން ޔޫތް ސެންޓަރުތައް ގާއިމް ކުރެވިގެންދާނީ ރަނގަޅު، ދާއިމީ ވަޒީފަތަކާއިވެސް އެކުގައި ކަަމަށް އަސްވާޑް ވަނީ ވިދާޅުވެފައެވެ. 

މީގެއިތުރުން އަސްވާޑުވަނީ ރާއްޖޭގައި މިހާރު ރަނގަޅަށް މަސައްކަތްކުރާ ޔޫތް ސެންޓަރެއް ނެތްކަންވެސް ފާހަގަކުރައްވާފައެވެ. އަދި އެފަަދަ ތަންތަން ހުރީ އެންމެ ކުރީ ޒަމާނުގެ މޮޑެލްގައި ކަމަށާއި، އެތަންތަނުގައި މިހާރު ރާއްޖޭގެ ޒުވާނުން ކުޅެ ހަދަ އަދި މުނުފޫހިފިލުވަން ބޭނުންވާ އެންމެ ރަނގަޅު ވަސީލަތްތައް ނެތްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

“ރާއްޖޭގައި ރަނގަޅަށް ފުލީ ފަންގޝަން ކުރާ ޔޫތް ސެންޓަރެއް ނެތޭ ވެސް ދެންނެވިދާނެ” އަސްވާޑު ވިދާޅުވިއެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ