- Advertisement -ad image

މަޖިލިސް އިންތިހާބަށް ޖަހާފައި ހުރި ކެމްޕެއިން ޕޯސްޓަރުތައް ނަގަން އެދިއްޖެ

ad image

ގުޅުންހުރި ލިޔުންތައް


މަޖިލިސް އިންތިހާބާ ގުޅިގެން ޖަހާފައި ހުރި ކެމްޕެއިން ކެންވަސްތައް ނަގަން އެޗްޑީސީން އެދިއްޖެއެވެ.

އެޗްޑީސީން ބުނީ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން އެ ކޯޕަރޭޝަނުން ހުރިހައި ކެންޑިޓޭޓުންނަށް ކެމްޕެއިން ކުރުމުގެ ހަމަހަމަ ފުރުސަތު ހޯދައިދިނުމުގެ ގޮތުން ކެމްޕެއިން ބެނާއާއި ކެންވަސް ޖެހުމަށް ހުޅުވާލި ފުރުސަތުގައި ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވަނީ ހުޅުމާލޭގެ އެކި ސަރަހައްދުތަކުގައި ބެނާ އާއި ކެންވަސް ޖަހާފައި ކަމަށެވެ.

އާއްމު އިންތިހާބުތަކާ ގުޅިގެން ހުޅުމާލޭގެ މަގުތަކުގައި ބެނާ އާއި ކެންވަސް ޖެހުމުގެ ފުރުސަތު ހުޅުވާލިކަމުގައި ވިޔަސް، މަގުތަކުގައި ޖަހާ ކެންވަސް އާއި ބެނާތަކުގެ ސަބަބުން، މަގު ބޭނުން ކުރާ އާއްމު ފަރާތްތަކަށް ދަތިކަން ފޯރައެވެ.

އެހެންކަމުން މަޖިލިސް އިންތިހާބުގެ ކެމްޕެއިންގެ ބޭނުމަށް ޖަހާފައިވާ ބެނާތަކާއި ކެންވަސްތައް މިއަދުން ފެށިގެން ކުރިއަށް އޮތް 1 ހަފްތާ ތެރޭގައި ނަގައިދިނުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފައެވެ.

ގުޅުންހުރި ލިޔުންތައް

ޚިޔާލުފާޅު ކުރައްވާ

ޚިޔާލު ލިޔުއްވާ